މާފަންނު ސްޓީވް ބްރީޒްގައި ސިޙުރު ހަދަމުން ދަނިކޮށް މިމަހު 30 ވަނަ ދުވަހު މެންދަމު ވަގުތުގައި ހައްޔަރުކުރި ހދ.ކުޅުދުއްފުށީ މުޙައްމަދު އާދަމް، އިއްޔެގެ ވަގުތެއްގައި ކޯޓުން ދޫކޮށްލުމާއި ގުޅިގެން އިއްޔެ އިރުއޮއްސުނު ވަގުތު އެގޭ ކައިރިއަށް ގިނަ ޢަދަދެއްގެ މީހުން އެއްވެ ނުރުހުން ފާޅުކޮށްފިއެވެ.
އެއްވެ ތިބި މީހުން އޭނާ ހައްޔަރުކުރުމަށާއި، މަރުގެ އަދަބު ދިނުމަށާއި، ދޫކޮށްލައިފިނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ވެސްދިޔައީ ދެމުންނެވެ. އަދި ބައެއްމީހުން އޭނާއަށް ޙަމަލާދޭން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެވަރުމީހަކު ދޫކޮށްލައިގެން ނުވާނެކަމަށާއި އޭނާއަކީ ކަނޑައެޅިގެން އެތައް ބަޔަކަށް ސިޙުރު ހަދާފައިވާކަމަށާއި، އޭނާ ދޫކޮށްފިނަމަ އެތައް ބަޔަކަށް ބޮޑު ވޭނެއް ކަމަށް އެހިސާބުގަނޑު މީހުން ގޮވަމުން ދިޔައެވެ.
އޭނާގެ ޢާއިލާގެ މީހުންގެ ވާހަކަތައް ހުރިގޮތުން، އެއީ އެފަދަ ޢަމަލުކުރާމީހެއްކަން ދޭހަވެއެވެ. “އަޅުގަނޑުމެން ވަރަށް އާދޭސްކުރަން އެކަންކަން ނުކޮށް ހުއްޓާލުމަށް ! އެކަމަކު ދުނިޔޭގެ ދަހިވެތިކަމުގަ ގޮތްދޫނުކުރާ މީހުންވެސް އުޅޭނެތާ!” އެގޭ އަންހެނަކު އެހެން ބުނިއަޑު ދިއިސްލާމްގެ ރިޕޯޓަރުންނަށް ވަނީ އިވިފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ
“އެމީހާ ހުރީ ހައްޔަރަކު ނޫންކަމަށާއި، ތަޅައިގަނެ އުނދަގޫ ކުރަން އުޅޭތީ އޭނަ ސަލާމަތަށްޓަކައި، ރަށަށް ދެވެންދެން ބެހެއްޓިފައި ހުރީ، ފުލުހުން އޭނަ ހިމާޔަތްކުރާކަށް ނޫން،”" ފުލުހުންގެ މީޑިއާއިން މަޢުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
ސިޙުރުގެ ކަންތައްތައް ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް އާންމު އިޖްތިމާޢީ ބޮޑު ބައްޔަކަށް ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ދ.ކުޑަހުވަދޫގައި ދާދިފަހުން ސިޙުރުގެ ބޮޑު މައްސަލައެއް ފެންމަތިވެ، ދާދިފަހުން ށ.ކަނޑިތީމުގެ ވަލުންވެސް ސިހުރުހަދާ ކަމަށް ބުނާ ތަނެއް ވަނީ ފެނިފައެވެ.
ސިޙުރުހެދުމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައެޅުމުގެ ގޮތުން ޤާނޫނެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ މީގެ ކުރިން ގޮވާލާފައެވެ.
.
މިޙާދިސާއާއި ގުޅޭ ފޮޓޯތައް އަންނަނީ…
ސަރުކާާރުން ހައްޔަރު ނުކޮށްފިއްޔާ ރައްޔިތުން ނުކުމެ އޭނާ ހައްޔަރުކުރާނަން
ހައްޔަރުގައި އިނުން، މިބަސް ދިވެހިން ބޭނުންކުރަނީ ބަލިވެއިނުމުގެ މާނައިގައި، ސިޙުރުވެރިޔާއަކީ ފިރިހެނަކަށް ވުމުން ފުލުހުން ނުބުންޏަސް އެނގޭ އޭނާ ހައްޔަރުގައި ނުއިންނާނެކަން. ފުލުހުން އޭނާ ހައްޔަރުކުރިނަމަ، އޭނާ ހުންނާނީ ހައްޔަރުގައި. އެހެންވީމާ ފުލުހުން ބުނާނީ އޭނާ ހުރީ ހައްޔަރުގައެއް ނޫނޭ.
މިޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އެހެންވީމާ، ކީރިތި ޤުރުއާނާއި ސުންނަތުން ސިހުރުވެރިންނަށް ކަނޑައަޅުއްވާފައި އޮތްއަދަބު ދިނީމަ ނިމުނީ! އެއަށްވުރެ ފުރިހަމަ ޤާނޫނެއް ދުވަހަކުވެސް އެއްވެސް ބަޔަކަށް ނެހެދޭނެ!
ސިހުރުހެދުމަކީ ކުފުރުވެގެން ކުރެވޭކަމެއްކަމަށް ވެފައި އެފަދައަމަލު ތަކަކީ ލާދީނީ ކަންކަމަށާއި މީސްތަކުންނަށް ގެއްލުންވެ ޒަމާންތަކަކަށް ދިގުދެމިގެންދާކަމެއްކަމުން ދީނުގައި ވާއެއްމެ ހަރުކަށި އަދަބުން އަދަބުދީ މިފަދަ ކަންކަން މުން މިބިން ތާހިރުކުރު ކުރުމުގެ މަސައްކަތް ކުރާނެ ބާރުވެރި ކަމަކާ ހިއްވަރެއް ހޯދަން އެބަޖެހެއެވެ.
ހީވަނީ ސަރުކާރު ވެއްޓެން އުޅޭތީވެ ވަރުގަދަ ސިހުރެއް ހަދަންވެގެން ސަރުކާރުންގެނައި މީހެއްކަމަށް
ވަރަށް ހީވޭ ސަބަބަކީ އެހާ އަވަހަށް ޕޮލިހުން އޭނާ ދޫކޮށްލުމުންނެވެ
ސުވާލަކީ އެނާ ހިލޭސާބަހަށް އެކަށް ކޮށްދީފާނެހޭ؟؟ ހަމަޔަގީނުންވެސް ކޮންމެވެސް އަދަދަކަސްފައިސާނަގާނެ! އަދި ބަޔަކު ަެދުމުގެ މަތީން އެކާންކުރާނީވެސް. އެކަމުގެ ޑިމާންޑް ބޮޑުވީމާ އެކަން ކުރަނީ، އެހެންކަމުނ އަހަރެމެންހަމާގައި ތިބި މީހުން މިފަދަކަނކަމުން ދުރުހެލިވަމާ! ބައެއްފަހަރު ތިމީމީސް މީހުން ކަޑަ އެޅިގެން ރޯބުނހުތާނު އެބަހަދާ! ފިތުނަފަށްދަ އެބަ އުފައްދާ! އަހަރެން މީ ތިހަދަން ތާޢީދު ކުރާމީހެއްވެސްނޫން އަދި ހަދާމީހެއްވެސް ނޫން، އެކަމަކު ބަޔަކު އަހަރެން ބޮލުގައިވެސް ވަނީ ތީގެ ބަދު ނާމު އަޅުވާފަ! ދެން އެހެނެކޭކިޔާފަ އަހަރެން ކުރާނީ ކީން؟؟ އެންހެން ކީމީހުންވެސް ހައްޔަރު ކުރަންވީތަ؟ އަދި އަދަށް ދާންދެންވެސް އެމީހުން ތިބީ އެކަން ގަބޫލުކޮށްގެން. އެހެންކަމުން އަހަރެންނަސް ވިސްނެނީ އެކަންވެސް ކުރާން ޖެހޭގޮތުގައި ކުރާމީހުން ކަިރިއަށްދިއުން!