ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޢިބްރަތް ޙާޞިލްކުރަމާތޯ؟ ގެ ނަމުގައި ޖަމްޢިއްޔަތުލް މުވައްޙިދީންގެ ފަރާތުން ވަރަށް ޚާއްޞަ ދަރުސްއެއް ބާއްވަނީ

ޖަމްޢިއްޔަތުލް މުވައްޙިދީންގެ ފަރާތުން އައްޑޫއަތޮޅަށް އަމާޒުކޮށްގެން ހިންގަމުންގެންދާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން ދަރުސްއެއް "ޢިބްރަތް ޙާޞިލްކުރަމާތޯ" ގެ ނަމުގައި 06 އޯގަސްޓް 2010 ދުވަހުގެ ރޭ 20:45 ގައި ސ.ހިތަދޫ އޯޕަން ސްޓޭޖްގައި (ހިތަދޫ އޮފީސްކުރިމަތީގައި) ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދެވެ.

ޖަމްޢިއްޔަތުލް މުވައްޙިދީން އަކީ މާތްވެގެންވާ އިސްލާމްދީނުގެ ދަޢުވަތު މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސ.މަރަދޫގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ ފަރާތުން ދަނީ ދީނީގޮތުން މީސްތަކުން ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގަމުންނެވެ.
އެގޮތުން ޖުލައި 30 ވަނަ ދުވަހުގެ ރޭ ސ.މަރަދޫފޭދޫގައި "ޙަޤީޤީ މިނިވަންކަން" މިނަމުގައިވެސް ވަނީ ދަރުސެއް ރާވައި އިންތިޒާމްކޮށްފައެވެ. މިދަރުސް އަޑުއެހުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޙާޟިރުވެފައިވެއެވެ.

"ޢިބްރަތް ޙާޞިލްކުރަމާތޯ" ގެ ނަމުގައި މިރޭ ބައްވާ ދަރުސްއަށް އެންމެހާ ބޭފުޅުންވެސް ވަޑައިގެންދެއްވުމަކީ އެޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *