ބޭނުންވާ ތަކެތި
1 ގަނޑު ވަޅޯމަސް ( ބުރިބުރި ކޮށްފައި )
1 ކުޑަ ފިޔާ ( ކޮށާފައި )
1 ސައިސަމްސާ އަސޭމިރުސް
1 ސައިސަމްސާ އަޖްނަމޮޓޯ
ހިކަނދިފަތް
ތޮޅިމިރުސް ނުވަތަ ހިކިމިރުސް
އަނބުމަސާލާފަތް
ފެން
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފެން ކައްކަން އުދާށެވެ. އެއަށްފަހު ފިޔާ، ހިކަނދިފަތް، މިރުސް، އަނބުމަސާލާފަތް، އަސޭމިރުސް، އަޖްނަމޮޓޯ، ލޮނު އަދި މަސް އަޅައިގެން ކައްކާލާށެވެ. ކެކިގަތުމުން މަޑުގިނީގައި ބަހައްޓައިގެން 15 މިނިޓް ކައްކާލާށެވެ. އޭރުން ހުރިހާ އެއްޗެއްގެ ރަހަ ނުކުމެ ގަރުދިޔަގަނޑު ރަތް ވުމުން މީރުވާނެއެވެ.

















އަނބުމަސާލާފަތް ލިބޭނެ ތަންތަނަކީ ކޮބާ؟އަދި ދޮންރިހަ ހަދާނެގޮތް ބުނެދެއްވައިފިއްޔާ ރަގަޅު.
ތުލުސްދޫއިން ލިބޭނެ.
ސޯބޭ މާލޭގަވެސް ހުރެޔޭ.