ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

"އެތެރެފުށާއި ބޭރުފުށުގެ ފޭރާން" މިމައުޟޫއަށް އައިއެފްއެމް އިން ދަރުސްއެއް ބާއްވަނީ...

"އެތެރެފުށާއި ބޭރުފުށުގެ ފޭރާން" މިމައުޟޫއަށް އައިއެފްއެމް އިން ދަރުސްއެއް ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސްގެ ބޭފުޅަކު ހާމަކުރެއްވިގޮތުގައި "މިފަހަރުގެ ދަރުސްގެ މައުޟޫއަކީ އެތެރެފުށާއި ބޭރުފުށުގެ ފޭރާން" ކަމަށާއި "ދަރުސް ބާއްވަނީ ޖުލައި 30 ވާ ހުކުރު ދުވަހުގ ރޭ 8.45 ގައި އިސްލާމީ މަރުކަޒު'ގައެވެ. އިސްލާމިކް ފައުންޑޭޝަންގެ އެހެން ދަރުސް ތަކާއި ޚިލާފަށް މިފަހަރު ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު މޫސާކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.

[pullquote]ދަރުސް ބާއްވަނީ ޖުލައި 30 ވާ ހުކުރު ދުވަހުގ ރޭ 8.45 ގައި އިސްލާމީ މަރުކަޒު, ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު މޫސާ[/pullquote]

ފަހަކަށް އައިސް އިސްލާމިކް ފައުންޑޭޝަން އިން ވަނީ ކާމިޔާބު އެތައް ދަރުސްއެއް ބާއްވާފައެވެ. ހުރިހާ ދަރުސްތަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *