ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަހައްދީރޮނގު ކައިރިން އިރާންގެ ވައިގެ ސަރަހައްދު ތެރެއަށް ވަދެގެން އުޅުނު އެމެރިކާގެ އަސްކަރީ ޖާސޫސީ މަތިންދާބޯޓަކަށް އިރާން ސިފައިން ދިން ހަމަލާއެއްގައި އެބޯޓު ވައްޓާލައިފި ކަމަށް އިރާންގެ މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ޕައިލެޓަކާ ނުލައި އުދުހޭ ބޯޓް އިރާންގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ ގަވާއިދުން ހޯދަންޖެހޭ ހުއްދަ ހޯދުމަކާ ނުލައި ކަމަށް ވާއިރު އެ ކަމުގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުން ކުރިން ވަނީ ބުނެފައެވެ. އަނެއްކޮޅުން، އަފްޣާނިސްތާނުގައި ތިބޭ ނޭޓޯގެ ލަޝްކަރުން ވަނީ އިރާނުން ވައްޓާލި ބޯޓަކީ އެމެރިކާގެ އެއްޗެކަށް ވުން ކައިރި ކަމަށް ބުނެފައެވެ. އަދި އެއީ އަފްޣާނިސްތާނުގެ ހުޅަނގު ސަރަހައްދުގައި ހިންގި ހަރަކާތެއްގައި ބައިވެރިވި އުޅަނދަކަށް ވެދާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އިރާންގެ އަލް އަލަމް ޗެނަލުން ބުނީ އާރް.ކިއު- 170 މަރުކާގެ ބޯޓެއް އިއްޔެ ވައްޓާލާފައިވާ ކަމަށެވެ. އިރާންގެ ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ އޮންނަ އިންގިލާބީ ލަޝްކަރާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުނީ ބޯޓް ވައްޓާލާފައި ވަނީ އިރާންގެ އިރުމަތީ ސަރަހައްދު ތެރެއަށް ވަދެގެން އުޅެނިކޮށް ކަމަށެވެ.
އަސްކަރިއްޔާ އިން ބުނީ ޖާސޫސީ ބޯޓް ދެނެގެންފައިވަނީ އެއާރ ޑިފެންސް ސިސްޓަމުން ކަމަށާއި އެންމެ މި ޒަމާނުގެ އާލާތްތަކާ އެކު ހަދާފައިވާ ބޯޓް ވައްޓާލާފައި ވަނީ އެއަށް އެއްވެސް ގެއްލުމެއް ނުދީ ކަމަށެވެ. ބޯޓުގެ އެއްވެސް ފޮޓޯއެއް އަދި ހާމަކޮށްފައި ނުވާއިރު އަސްކަރިއްޔާ އިން ވަނީ އާންމުކޮށް ފެންނާނެހެން ބޯޓް ދައްކާލާނެ ކަމަށް ބުނެފައެވެ. އަދި ރަޝިޔާގެ ތަޖުރިބާކާރުންނަށް މިހާރު ބޯޓު ދައްކާފައިވާ ކަމަށް ވެސް ބުންޏެވެ.
މި އަހަރުގެ ޖެނުއަރީ މަހު ވެސް އިރާނުން ވަނީ އެމެރިކާގެ ޖާސޫސީ ދެ ބޯޓެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. މިފަހަރު ބޯޓް ވައްޓާލާފައި މިވަނީ އިރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފާނެ ކަމަށް އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކައިގެ އަޑު ގަދަވެފައި ވަނިކޮށެވެ.

















advertisment
އީރާން ވަރަށް ގަދަ އިނގޭ