ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޝައިޚް ފަރީދުގެ ދަރުސްއެއް މިރޭ ވިލިމާލޭ ސްޓޭޑިއަމްގައި ބާއްވަނީ

ވިލިމާލޭ ޒުވާނުންނާއި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ ދަރުސްއެއް މިރޭ ވިލިމާލެ ސްޓޭޑިއަމްގައި އޮންނާނެކަމަށް ދިއިސްލާމް އަށް ހަބަރު ލިބިއްޖެއެވެ.

22 ޖަނުއަރީ 2010 ވާ ހުކުރު ދުވަހުގެރޭ، މިރޭ 8.40 ގައި ބާއްވާ މިދަރުސްގެ މައުޟޫއަކީ ''ދުނިޔެއިން ވަކިވެގެންދާ ހިނދު' ކަމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތްތަކުން މައުޟޫމާތު ދެއްވައެވެ. ދަރުސްއަށް ވަޑައިގަންނަވާ ބޭފުޅުންނާއި ބޭކަނބަލުންނަށް ވިލިމާލެއަށް ދިއުމުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

މިދަރުސަށް ވީހައިވެސް ގިނަބޭފުޅުން ވަޑައިގަތުމަކީ ވިލިމާލޭ ޒުވާނުންނާއި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ވަރަށް ބޮޑުއެދުމެއްކަމަށް އެފަރާތުން ހާމަކުރެއެވެ.

މިރޭގެ ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމުގައިވާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *