ރާއްޖޭގެ ޚަބަރު

ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ޖަރުމަނުގެ އެހީގައި މަޝްރޫޢެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ލިޔުނީ: ހުސެއިން

ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، އާބާދީގައި ނަޞާރާ ދީނުގެ އަޤުލަބިއްޔަތު ލިބިފައިވާ ޖަރުމަން ސަރުކާރުގެ، އެހީގެ ދަށުން މަޝްރޫޢެއް އެކުލަވާލައި، އަންނަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މިހާރުވަނީ ހަމަޖެހިފައިވާ ކަމަށް ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު 10 ޖެހިއިރު، ދިވެހިރާއްޖޭގެއަޑު މެދުވެރިކުރައްވާ، ދެއްވި ހަފްތާގެ، 43 ވަނަ ރޭޑިޔޯ ޚިޠާބުގައެވެ. "ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަކީވެސް މުހިންމު ކަމެއް. މިދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ދާދިފަހުން އަޅުގަނޑު ޖަރުމަނަށް ކުރި ދަތުރުގައި، މިމަޝްވަރާތައް ޖަރުމަން ސަރުކާރާއެކު ހިންގިން. ޖަރުމަން ސަރުކާރުން ދެއްވާ އެހީގެ ދަށުން މަޝްރޫޢެއް އެކުލަވާލައި، އަންނަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މިހާރުވަނީ ހަމަޖެހިފައި" ރައީސްވިދާޅުވިއެވެ.

މިމަޝްރޫޢުގެދަށުން މިހާރު ހިނގަމުންދާ ކޯސް މުރާޖަޢާ ކުރުމާއި، އަދި ޤާނޫނީ ދާއިރާއިން މާސްޓަރޒް ކޯހެއް އެކުލަވައިލުމާއި، ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމުގެ ތަމްރީނު ހޯދުމާއި، އެކެޑަމިކް މުވައްޒަފުން ބަދަލުކުރުމާއި، އެމުވައްޒަފުން ތާޒާ ކުރުމުގެ ކުރު މުއްދަތުގެ ކޯސް ހިންގުމާއި، އަދި ލައިބްރަރީ ތަރައްޤީ ކުރުންވެސް ހިމެނޭކަމަށް ރައިސް ވިދާޅުވިއެވެ.

"މިމަޝްރޫޢުގެ ތެރޭގައި، މިހާރު ހިނގަމުންދާ ކޯސް މުރާޖަޢާ ކުރުމާއި، އަދި ޤާނޫނީ ދާއިރާއިން މާސްޓަރޒް ކޯހެއް އެކުލަވައިލުމާއި، ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމުގެ ތަމްރީނު ހޯދުމާއި، އެކެޑަމިކް މުވައްޒަފުން ބަދަލުކުރުމާއި، އެމުވައްޒަފުން ތާޒާ ކުރުމުގެ ކުރު މުއްދަތުގެ ކޯސް ހިންގުމާއި، އަދި ލައިބްރަރީ ތަރައްޤީ ކުރުންވެސް ހިމެނޭ" ރައިސްވިދާޅުވިއެވެ

އަދި ޖަރުމަންގެ އެހީގެ ދަށުން ޝަރީޢަތްކުރާ ނަމޫނާ ޖަގަހައެއް ހެދުން ހިމެނޭކަމަށް ރައިސްވިދާޅުވިއެވެ.  ޖަރުމަންއަކީ އާބާދިގައި 82 މިލިއަނަށްވުރެ، ގިނަމީހުން ހިމެނޭ ގައުމެކެވެ. އޭގެތެރެއިން އާބާދީގައި މުސްލިމުންގެ އެވުރެޖަކީ އެންމެ 37 އިންސައްތައެވެ.

ދުނިޔޭގައި އިސްލާމީ ޝަރީޢަތައް ޢަމަލުކުރާ ގައުމުތައް އޮތްއިރު، މިސައްތައިންސައްތަ އިސްލާމީ ގައުމުގެ، ޤާނޫނޫ ހަރުދަނާ ކުރުމަށްޓަކައި ޣައިރު މުސްލިމު ގައުމުތަކުން އެހީ ހޯދުމުން ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު މަޤާމާއި ހަވާލުވުމުގެ ކުރިން މާތް ﷲ ގަންދީ  ކުރައްވާފައިވާ ހުވަޔަށް ޙުރުމަތްތެރިކޮށްހިތާ ކަމާއިމެދު ސުވާލު އުފެދެއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ރައީސް ނަޝީދުގެ ހިތާއި ފިކުރު މިހާރުހުރީ ހުނޅަގުގެ ގައުމުތަކުގައެވެ.އިސްލާމްދީނުގެ ފިކުރެއްނެތެވެ.ޖަރުމަނާއި ނަޝީދުގެ ދެމެދުގައި ވަނީ ކޮންކަހަލަ ގުޅުންތަކެއްބާ؟ ވިސްނާލަން ޖެހޭވަރުކަމެއް.

  2. އުހުން އަދި ހުވޔާހިލާފް ވީކީނޫނެންނު، ޝަރީޔާ ހިގާ ނަމެސް އަދާލާއތްވަންތަކަން އިތުރުކުރުމަށް ގާނޫނީ އޮނިގަނދު ހަރުދަނާ ކުރުމަށް ބައެއްގެ ގާތުން ލަފައކައް އެދުމަކީ ރަގަޅުކަމެއް….

  3. ވިސްނާލަން ޖެހޭވަރުކަމެއް.
    ވިސްނާލަން ޖެހޭވަރުކަމެއް.
    ވިސްނާލަން ޖެހޭވަރުކަމެއް.//////////////////

  4. އެވެރިން ޤަބޫލުކުރާ އެންމެފަހުގެ އިސްލާންދީން އައީ ހުޅަނގުންކަމުގައި ވަންޏާއި، ޤާނޫނީ ދާއިރާ ކީޢްކުރައްތޯ ފެއިތުގެ ދާއިރާ ހަރުދަނާކުރަންވެސް ހުޅަނގުންޖެހޭނީ “ކަމުގެ” ކޮންސަލްޓެންޓުން ގެންނާށެވެ. އެހެންނޫނީ ޕާރޓީގެ ވެރިންކަންވެސް ދެމެހެއްޓޭނެ އެހެންގޮތެއްނޯންނާނެވެ.

Your email address will not be published. Required fields are marked *