ލިޔުނީ : މުޙައްމަދު ވިޝާޙް
ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށް އެކަތިގަނޑަކަށް ވެއްޖެއެވެ. މިސްރުގައި ބޭއްވުނު މި ތާރީޚީ ބައްދަލުވުމުގައި ފަލަސްތީނުގެ އެންމެ ބޮޑެތި ޖަމާއަތްތަކުން ބައިވެރިވެފައިވާކަމަށް އިތުބާރު ހުރި ފަރާތްތަކުން ހާމަކުރެއެވެ.
ސޮއިކުރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހަމާސް ގެ ޕޮލިޓީކަލް ބިޔުރޯގެ ޗެއަރމަން ޚާލިދް މިޝާލް، ފަތަޙަ ޖަމާއަތުގެ ފަރާތުން އައްޒާމް އަލް އަޙްމަދު އަދި ސަމީރް އަލް ރަފާޢް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އިސްލާމިކް ޖިހާދުގެ ފަރާތުން ރަމަޝާން ޝަލާހް، ޕޮޕިއުލަރ ފްރަންޓް ފޯރ ލިބަރޭޝަން އޮފް ޕަލަސްޓައިން ގެ ޖެނެރަލް ކޮމާންޑް އަހްމަދު ޖިބްރީލް އަދި މިސްރު ގެ އިންޓެލިޖެންސް ގެ ފަރާތުން މޮޙައްމަދު އިބްރާހީމް ވެސް ސޮއި ކުރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފައި ވެއެވެ..
މި ބައްދަލުވުމުގައި މަހްމޫދު އައްބާސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުން ވަނީ ވަކިވެގަތުމައި ބައިބައިވުމުގެ "ކަޅު ސޮފްހާތައް" ފަހަތައް އެއްލާލައިފި ކަމަށެވެ. އައްބާސް އަށް ފަހު ވާހަކަފުޅު ދައްކަވަމުން ޚާލިދް މިޝާލް ވިދާލުވެފައިވަނީ އޭނާގެ ޖަމާއަތް ހަމައެކަނި ހަނގުރާމަ ކުރަނީ އިޒްރޭލާ ކަމަށާއި އަދި ފަތަހަ ޖަމާއަތާއި ދެމެދު އޮތް 4 އަހަރުވީ ބައިބައިވުން މިހާރުވަނީ މަޒީވެގޮސްފައިކަމަށެވެ.
އަނެއްކޮޅުން އިޒްރޭލޮން ވަނީ މި ކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ ސުލްހައަށް އޮތް ބޮޑު ހުރަހެއްކަމުގައި އެބައިމީހުން ދައުވާ ކުރެއެވެ
"އަހުރެން އަބޫ މާޒިން (އައްބާސް) އަށް ގޮވާލަން ހަމާސް އާ އެކު ސުލްހައިގެ ކަންކަން ކުރިއަށް ނުގެން ގޮސް އިޒްރޭލާ އެކު ސުލްހައިގެ މަގު އިޚްތިޔާރު ކުރުމަށް" އިޒްރޭލު ގެ ޕްރައިމް މިނިސްޓަރ ނަތަންޔާހޫ ބުނެފައިވެއެވެ..

















ނަތަންޔާހޫ ވެސް ބޯބޮޑު. އެބުނާހެން ފަލަސްތީނު އެއްބައިވެއްޖެއްޔާ ޖަރީމާތައް ހިންގަން އުނދަގޫވާނެ.
މަރުހަބާ، ތިކަންކުރަން މާބޮޑައްވެސް ލަސްވެއްޖެ