ދުނިޔެ ތުރުކީގެ އިރުދެކުނު ސަރަހައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ތުރުކީގެ އިރުދެކުނު ސަރަހައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރެކްޓަރމިންގަނޑުން 6ގެ ބާރުމިނުގައި އިރުމަތީ ތުރުކީއަށް ބިންހެލުމެއްއައިއްސިއެވެ. މިބިންހެލުމުގެ ސަބަބުން 57މީހުން މަރުވެ، 100އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. މިބިންހެލުންއައީ ތުރުކީގެ ވެރިރަށް ކަމުގައިވާ އަންތާރާ އާއި 500ކިލޯމީޓަރު ދުރުމިނުގައިވާ އެލަޒިގް ޕްރޮވިންސްގެ ބަސްޔާތް އަށެވެ. މިބިންހެލުން އައީ އެތާނގެ ގަޑިން ހޯމަދުވަހުގެ ފަތިހު 4:32 ގައެވެ. އެހެންކަމުން މިބިން ހެލުން އައިގަޑީގައި ގިނަ މީހުން ތިބީ ނިދާފައެވެ.
މިބިންހެލުމުގެ އަސަރު ކޮވަންޗިލާގެ ކައިރީގައި އޮތް 6އަވަށަކަށް ކުރިއެވެ. އަދި އެތާނގައި ގަލުންނާއި މަށިން ހަދާފައި ހުރި ގެތަކާއި، މިސްކިތްތަކުގެ މުންނާރު ވެއްޓިފައިވެއެވެ. މިބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮކިއުލާރ ކިޔާ އަވަށަކަށެވެ. މިއަވަށުން 17 މީހުންވަނީ މަރުވެފައެވެ.
މިބިންހެލުން އައިތާ އިރުކޮޅެއްފަހުން 30ވަރަކަށް ލޮޅުން އެރިއެވެ. އޭގެ ތެރެއިން އެންމެ ބާރު މިނުގައި ލޮޅުމެއް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 4.1 ގައެވެ.
ތުރުކީއަކީ ބޮޑެތި ބިންހެލުން އަންނަ ސަރަހައްދެކެވެ. މިގޮތުން 1999ގެ ނޮވެމްބަރ އަދި އޮގަސްޓު މަހުގައި އައި ބިންހެލުމުގައި 20000މީހުންވަނީ މަރުވެފައެވެ. އަދި 2003 ވަނަ އަހަރު ރެކްޓަރ މިންގަނޑުން 6.4ގެ ބާރު  މިނުގައި އައި ބިންހެލުމުގައި 83ކުދިން މަރުވިއެވެ. އަދި 2007ވަނަ އަހަރު އައި ބިންހެލުމެއްގައި އެލަޒިގްގެ ގިނަ އިމާރާތްވަނީ ހަލާކުވެފައެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.