ދުނިޔެ

އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ އޯއައިސީ އިން ބަޔާނެއް ނެރެފި

އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބަޔާނެއް ނެރެފި އެވެ.

މިދިޔަ ހޯމަ ދުވަހު އޯއައިސީ އިން މި ބަޔާން ނެރެފައިވަނީ އިންޑިއާގައި މުސްލިމުންނަށް ފުރައްސާރައާއި އަނިޔާތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާގައި މުސްލިމުންނަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުއިން އެކަމާއި ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ މުސްލިމުންނާއި މެދު ޤަތުލުއާންމެއް ހިންގުމަށް ހަރުކަށި ހިންދޫއިން ގޮވާލަމުން ދިޔުމާއި، ސޯޝަލް މީޑިއާ ސައިޓްތަކުގައި މުސްލިމުންނަށް ފުރައްސާރަ ކުރުމާއި، ކަރްނާޓަކާ ސްޓޭޓްގައި މުސްލިމުން ބުރުގާ އެޅުން މަނާކުރުން ފަދަ ކަންކަމާއި މެދު އިންތިހާއަށް ކަންބޮޑުވާކަމަށް ބުނެފައިވެއެވެ.

އޯއައިސީ އިން ވަނީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މުސްލިމް އާބާދީ ބޮޑު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.

More in ދުނިޔެ