ދީނީގޮތުން ހަރުކަށިވުން މާނަކުރަން އެނގޭނީ ދީން އިނގޭ މީހުންނަށް ކަމަށް އައްޝައިޚް މުހައްމަދު އައްލާމް ނައީމް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޢުޟޫއަށް އިތުރަށް ވާހަކަފުުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައި ވަނީ މިސާލަކަށް ޞިއްޙީ ދާއިރާގައި ޑޮކްޓަރުން ފޮލޯކުރަންޖެހޭ ގައިޑްލައިންތައް ނުވަތަ އިންތައް ފަހަނައަޅާ ގޮސްފިނަމަ، އަދި އެއަށްވުރެ ހަރުކަށި ގޮތްގޮތަށް އެޑޮކްޓަރ ޢަމަލުކުރާނަަމަ، އެޢަމަލު ކުރަނީ ރަނގަޅުގޮތަށްތޯ ނުވަތަ ހަރުކަށި ގޮތަކަށްތޯ ކަނޑައެޅޭނީ އެދާއިރާއެއްގެ މީހުންނަށް ކަމަށެވެ.
ހަމައެގޮތަށް ދީނީ ހަރުކަށި ހިޔާލޭ ބުނާ މީހުންވެސް އެ ހަރުކަށި ފިކުރު ކަނޑައަޅަން އިނގޭނީ ދީނުގައި އަސްލު ހުންނަންޖެހޭ މިންގަނޑަކީ ނުވަތަ ހަރުކަށިކަމަކީ މިވެނި މިވެނި މިންގަނޑުތަކެއް ފަހަނައަޅައި ދިޔުމޭ ބުނާއިރު، އެފަހަނައަޅައިދާ މިންގަޑަކީ ކޮބައިކަން އިނގޭނީ ދީނީ ޢިލްމު ރަނގަޅަށް ކިޔަވާފައި ހުރި މީހަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މަގުމަތިންދާ ކޮންމެ ކޮންމެ މީހަކަށް ދީނީ ހަރުކަށި ފިކުރަކީ ކޮބައިކަމެއް ނޭނގިދާނެކަމެވެ. އަދި އެހެން ދާއިރާއެއްގައި މަސައްކަތްކުރާ ދީނީ ޢިލްމުގެ ތެރެއަށް ނުވަންނަ މީހުންނަށް އެކަނޑައަޅާކަށް ނޭނގޭނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ބޭރުގެ ކާފަރުންގެ ތެރެއިން ބަޔަކާއި، ބޭރުގެ ޖަމާޢަތްތަކުގެ މީހުންނާއި އެކީގައި ބޭއްވޭ އެކި އެކި ކޮންފަރެންސްތަކުގައި ދިނީ ޢިލްމު ލިބިފައިނެތް، މިކަމުގެ އެއްވެސް ކަހަލަ ތަޖުރިބާެއެއް ނެތް އެފަދަ މީހުން ސްޓޭޖްތަކަށް އަރާ ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަރައި ވަކިބަޔަކީ ދީނީގޮތުން ހަރުކަށި ފިކުރު ހުރި ބައެއް ކަމަށް ކަނޑައަޅާކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ މިއީ އެއްގޮތަކަށްވެސް ޤަބޫލުކޮށްގެން ވާނެކަމެއް ނޫންކަމަށެވެ.
ޚިޔާލު