ދަރުސް ޚަބަރު މުޞީބާތުގެ ވަގުތުގައި އަޅުގަނޑުމެން އަޅުކަމާއި ދުރުވެފައިި ވާވަރު އިޙްސާސް ވެގެންދޭ: ޝެއިޚް ފިކުރީ

މުޞީބާތުގެ ވަގުތުގައި އަޅުގަނޑުމެން އަޅުކަމާއި ދުރުވެފައިި ވާވަރު އިޙްސާސް ވެގެންދޭ: ޝެއިޚް ފިކުރީ

Mysthakun Ge Fikuraa Kulhelumataka Mi Zamaanuge Vaseelaithakuge Beynun Emme Ragalhu Gothuga Hifamundhey: Sheikh Fikury

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޞީބާތުގެ ވަގުތުގައި އަޅުގަނޑުމެން އަޅުކަމާއި ދުރުވެފައި ވާވަރު އިޙްސާސް ވެގެންދާ ކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ކޮރޯނާ އާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވި އެއްކަމަކީ ބަރަކާތްތެރި ރަމަޟާން މަހު، މާތްވެގެންވާ މައްސަރުގައި ނަމާދާއި ރޭއަޅުކަމުގެ މައްސަރެއްގައި މިސްކިތުގެ ޖަމާޢަތް އަޅުގަނޑުމެންނަށް މަޙްރޫމް ވެގެންދިޔުމެވެ. މިއާއެކު ސަޢުދީ ޢަރަބިއްޔާގައި ވެސް ކޮރޯނާ ފެތުރެމުން ދިޔުމުގެ ސަބަބުން މާތްވެގެންވާ ޙަރަމްފުޅަށް ވެސް ޢާއްމުން ވަދެއުޅުން މަނާވެގެން ދިޔަތަނެވެ.

މީގެ އިތުރުން ކަޢުބަތުﷲ ގެފުޅަށް މީހުން ޒިޔާރަތް ކުރުމާއި ނަމާދުކޮށް ޠަވާފުކުރުމާއި މީސްތަކުންނަށް ނުދެވި އެތަން ހުސްވެގެން ދިޔަކަމަކީ ހުރިހާ މުސްލިމުންގެ ހިތްތަށް ރޮއްވާލި މަންޒަރަކަށް ވަނީ ވެފައެވެ. ކޮރޯނާގެ ސަބަބުން އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އުމުރު ވަރަށް ކުޑަ ކަމާއި އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަމުގައެވެ.އަނެއްކަމަކީ އަޅުގަނޑުމެން ހެޔޮ ޢަމަލުނުކޮށް ތިއްބާ ހެޔޮ ޢަމަލު ކުރުމުގެ މަގު ނުވަތަ އެފުރުސަތު ގެއްލިގެން ގޮސްދާނެކަމަށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން އުމުރުގެ ވަގުތުތައް ނިމިގެން ދިޔުމުގެ ކުރިން އަޅުގަނޑުމެން ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ﷲ ތަޢާލާއަށް ސަޖިދަކޮށް އަޅުކަންކުރަން ލިބިފައި އޮތް މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވިއެވެ.

ޓެގް

ދަރުސް ޚަބަރު ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.