ދަރުސް ޚަބަރު ކޮވިޑްގެ ސަބަބުން އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އެނގިގެންދޭ: ޝެއިޚް އަބްދުއްސަލާމް

ކޮވިޑްގެ ސަބަބުން އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އެނގިގެންދޭ: ޝެއިޚް އަބްދުއްސަލާމް

Mi Zamaanaky Varah Gina Guna Fithuna Thakaa Kurimathilaan Jehey Zamaaneh: Sheikh Abdhulsalam

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑްގެ ސަބަބުން އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އެނގިގެންދާ ކަމަށް އައްޝައިޚް އަބްދުއްސަލާމް ދާވޫދް ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައި ވަނީ އަޅުގަނޑުމެން މިހިސާބަށް އާދެވުނު އިރުގައި، ކޮރޯނާގެ ހާދިސާ ފެށިގެން އައި އިރުގައި ދުނިޔޭގެ ކަންކޮޅުތަކަށް މިކަން ޢާއްމުވެގެން ދިޔައެވެ. އަޅުގަނޑުމެންނަށް މިހާ ހިސާބަށް އައި އިރު ދައްކައިދީފައި ވަނީ އިންސާނުންގެ ނިކަމެތިކަމެވެ.

މީގެ އިތުރުން ތަރައްޤީގެ އެތައް މަރުޙަލާއެއް ކަޑައްތު ކުރުމަށްފަހު މިހާ ހިސާބަށް އައިސްފައިވީ ނަމަވެސް އަޅުގަނޑުމެންނަށް މިފަދަ ކަމެއް ދިމާވުމުން، މީހެއްގެ ލޮލަށްވެސް ނުފެންނަ ވަރުގެ ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން މުޅި އިންސާނިއްޔަތު ހުއްޓުމަކަށް އަންނަ ވަރުގެ ކަމަކަށް ވަނީ ވެފައެވެ. މުޅި ދުނިޔޭގެ އިންސާނުންގެ ބާރުން މިކަމާ ކުރިމަތިލާން ޖެހުނު އިރުގައި، ބޮޑެތި ޤައުމުތަކަށް ހުއްޓުން އަންނަ ވަރުގެ ކަމަކަށް މިކަން ވެގެން ދިޔުމުގެ ސަބަބުން އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އެނގިގެންދެއެވެ.

ﷲ ތަޢާލާ މިދުނިޔޭގެ ޙަޤީޤަތް ބަޔާންކޮށްދެއްވާފައި ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ތިމަން އިލާހު އިންސީންނާއި ޖިންނީން ހަމަ އެކަނި ތިމަން އިލާހަށް އަޅުކަން ކުރުމަށްޓަކައި މެނުވީ ޚަލްޤު ނުކުރައްވަމެވެ.

އިންސާނުންގެ ހޯދުން ކިތަންމެ ކުރިއަރާ ދިޔަ ނަމަވެސް، ޢިލްމީ ފެންވަރު ކިތަންމެ ކުރިއަރާ ދިޔަ ކަމުގައިވިޔަސް އަދި ދުނިޔެވީ ގޮތުން ފެންނަ ފެނުމަށް ކިތަންމެ ބާރުތަކެއް ކުރިއަރާ ދިޔަ ކަމުގައި ވިޔަސް ﷲ ތަޢާލާގެ އަޅެއް ކަމުގައި ވުމުން، ﷲ ތަޢާލާގެ ޤުދުރަތްތެރިކަމުގެ ދަށުން އަޅުގަނޑުމެންނަށް ބޭރުވެގެން ނުދެވޭނެކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ކާމިޔާބަށް އެދެން ޖެހޭނީވެސް އަދި އާޚިރުގައި ރުޖޫޢަވާން ޖެހޭނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށްކަމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.