ދަރުސް ޚަބަރު މުޞީބާތުގެ ވަގުތުގައި ކެތްތެރިވާ މީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ދެއްވާނެ: ޝެއިޚް ފިކުރީ

މުޞީބާތުގެ ވަގުތުގައި ކެތްތެރިވާ މީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ދެއްވާނެ: ޝެއިޚް ފިކުރީ

Museebaathuge Vaguthuga Ketheri Vaa Myhunge Faafathah Allah Thalaa Fussavaa Dhevvaane: Sheikh Fikury

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުސީބާތުގެ ވަގުތުގައި ކެތްތެރިވާ މީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ދެއްވާނެކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ކޮރޯނާ ފަދަ މުޞީބާތުގެ ވަގުތުތަކުގައި އަޅުގަނޑުމެން މުސްލިމުން ޢަމަލުކުރަންވީ ގޮތް މާތްވެގެންވާ އިސްލާމްދީނުގައި ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވާފައެވެ. އަދި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޢަމަލީ ގޮތުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢަމަލުތައް ބަހައްޓަންވީ ގޮތްވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘެއްގެ މާނައިގައި ވަނީ މުސްލިމަކަށް ބުރަކަމެއް، ވަރުބަލިކަމެއް، ހިތާމައެއް، ކަންބޮޑުވުމެއް، ގިލަންވެރިކަމެއް، އޭނާގެ ގަޔަށް ކަށްޓެއް ހެރުނު ކަމުގައި ވިޔަސް އެކަން ކަމަކީ އޭނާގެ ފުއްސަވާ ދެއްވާނެ ކަމެއް ކަމަށެވެ.

އަޅުގަނޑުމެން މިހާލަތުގައި ދެނެގަންނަންވީ ކަމަކީ އަޅުގަނޑުމެންނަށް ދިމާވާ ކިތަންމެ ބޮޑު މުޞީބާތެއްވިޔަސް ކިތަންމެ ކުޑަ ކުޑަ ކަމެއް ވިޔަސް އެކަން ކަމަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ކުރިމަތި ކުރުވާ އިމްތިޙާނެއް ކަމަށެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެންނަށް އިމްތިހާން ކުރައްވާނެކަން ދަންނަން ޖެހޭނެ ކަމާއި، އިމްތިހާންތަކަށް ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާ ރުއްސަވާ ވޮޑިގެން ވާނެކަމަށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން މިބަލިމަޑުކަމާއި ކުރިމަތިލާފައި ތިބި މީހުންނާއި މިބަލިމަޑުކަމާއި ނުތަނަވަސްކަން ކުރިމަތިވެފައިވާ ތިބި މީހުންނަށް ވެސް އޮތީ އީމާންކަން ވަރުގަދަ ކުރުމާއި، ޢަޤީދާ އިތުރަށް އުނގެނި ދަސްކޮށް، އިސްލާމީ ޢަޤީދާގެ މަތީގައި ޘާބިތުވުން ކަމަށް ވިދާޅުވެ އަޅުގަނޑުމެންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.