އިސްރާއީލުން މަސްޖިދުލް އަޤްޞާގައި ލައުޑް ސްޕީކަރު ހަރުކޮށްފި

Israelun Masjidhul Aqsa ga Loud Speaker Harukoffi
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އިސްރާއީލު ސިފައިން އަލްމަސްޖުދުލް އަޤްޞާގެ އުތުރު އަދި ހުޅަނގު ފާރުތަކުގައި ލައުޑް ސްޕީކަރު ހަރުކޮށްފިއެވެ.

މެދުއިރުމަތީގެ ޚަބަރު އޭޖެންސީތަކުން ލިޔުއްވާ ގޮތުގައި އިސްތިޢުމާރު ކުރެވިފައިވާ އިރުމަތީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާގައި ލައުޑް ސްޕީކަރު ހަރުކޮށްފައިވަނީ މިސެޕްޭތމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިލައުޑް ސްޕީކަރުތަކުގެ ސަބަބުން، އިސްރާއީލު ސިފައިންނަށް އަޤްޞާގައި އަޅުކަންކުރަން ތިއްބަވާ ފަރާތްތަކަށް ކުރިމަތި ކުރަމުން ގެންދާ ފުރައްސާރަތައް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން މިސްޕީކަރުތަކަކީ 2017 ވަނަ އަހަރަށް ފަހުއިސްރާއީލު ސިފައިން ހަރުކޮށްފައިވާ 3 ވަނަ ސްޕީކަރު ސެޓެވެ. މީގެ ކުރިން އެބައިމީހުން ހަރުކޮށްފައިވާ ސްޕީކަރުތައް ހަރުކޮށްފައިވަނީ، މިސްކިތުގެ ވަޤުފުގެ ކަންކަން ބައްލަވާ ފަރާތްތަކުން ހަރުކުރައްވާފައިވާ ސްޕީކަރުތަކާއި ދިމާވާ ގޮތަށެވެ.

އުރްދުނުން ވަނީ އިސްރާއީލުގެ މިޣައިރު ޤާނޫނީ ޢަމަލު ކުށްވެރި ކުރައްވާފައެވެ. މީގެ އިތުރުން އަލްއަޤްޞާގެ ކުރީގެ އިސް މުފްތީ، ފަޟީލަތުއްޝައިޚު އައްދުކްތޫރު ޢިކްރިމާ ޞަބްރީ ވަނީ މިޢަމަލަކީ ޤާނޫނާއި ޚިލާފު، އެއަށް ޢަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ދުކްތޫރު ވިދާޅުވެފަިވާ ގޮތުގައި މިޢަމަލަކީ އިސްރާއީލުން، އަޤްޞާ މިސްކިތުގެ މައްޗަށް އެބައިމީހުންގެ ބާރު ފޯރުވުމަށް ކުރާ ކަމެއްކަމަށާއި، މިއީ މުސްލިމުންގެ ވަޤުފުގެ ޙުރުމަތް ކަނޑަލުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިސްރާއީލުން އިރުމަތީ ޤުދުސް ހިފައިފާވަނީ 1967 ވަނަ އަހަރު ހިނގި ޢަރަބި-އިސްރާއީލީ ހަނގުރާމައިގެ ތެރޭގައެވެ. މިގޮތުން 1980 ވަނަ އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ގޮތުން ބަލައިނުގަނެވުނު ކަމުގައިވިޔަސް، އެބައިމީހުންވަނީ މުޅި ޤުދުސަށް ވެރިވެގަނެ، އެތަނަކީ ރަސްމީކޮށް އިސްރާއީލުގެ ބިމެއްކަމަށް އަމިއްލައަށް ނިންމާ، ވަޒަންވެރިކުރުވުމުގެ މަސައްކަތް ފަށައިފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.