މެލޭޝިޔާގެ މަޝްހޫރު ދާޢީ، ޝައިޚު ޙުސައިން ޔީ އާއި ޕީސް ފައުންޑޭޝަނާއި ގުޅިގެން ޚާއްޞަ ލައިވް ސްޓްރީމެއް ގެންދެވުމަށް ހަމަޖެހިއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އަލްޚާދިމްގެ ރަސްމީ ފޭސްބުކް ޞަފްޙާގައި، އަދި އިއްޔެގެ ވަޤުތެއްގައި ޕީސް ފައުންޑޭޝަނުގެ ރަސްމީ ޞަފްޙާގައި ޢާއްމުކުރެވިފައިވާ ޕޯސްޓޭއްގައިވާ ގޮތުން މިސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 28 ސެޕްޓޭމްބަރު 2020 ވާ (މިހަފްތާގެ) ހޯމަ ދުވަހުގެ 17:00 ގައެވެ.
މިސެޝަން ހުށައަޅުއްވާ ދެއްވާނީ ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަލް އަޚް މުޙައްމަދު ޞަބާޙް (ޗޭ) އެވެ. މިސެޝަނުގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ "ރީކަވަރިންގ ފްރޮމް ލޮކްޑައުން؛ އޯވަރކަމިންގ ހާރޑްޝިޕްގެ އެންޑް ޓްރަސްޓިންގ ދަ ޑިވައިން ޕްރޮވިޜަން" (ލޮކްޑައުނުން މިންޖުވުމާއި، ދަތި އުނދަގޫތަކުގެ މައްޗަށް ގަދަވެގަތުމާއި، އިލާހީ މިންވަރުފުޅަށް ރުހުން) މިމައުޟޫޢަށެވެ.
މިސެޝަން އިންތިޡާމު ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ އަލްޚާދިމުގެ ރަސްމީ ޕޯސްޓުގައިވެއެވެ. "ކޯވިޑް 19 އައިސްފައިވަނީ އެއްވެސް އިންޒާރަކާއި ނުލައެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ދިރިއުޅުން ބަދަލުކޮށްލުމަށް މަޖުބޫރު ވެގެންދިޔައެވެ. ޝައިޚު ޙުސައިން ޔީ އާއި އަލްއަޚް މުޙައްމަދު ޞަބާޙް ޗޭ، މުޞީބާތްތަކާއި، ދަތިއުނދަގޫތަކުގެ މައްޗަށް ގަދަވެގަތުމާއި، މިޢާލަމީ ވަބާގައި އަޘަރުކޮށްފައިވާ ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް، އުއްމީދު ކަނޑަނުލާ، އިލާހީ މިންވަރުފުޅަށް އިތުބާރުކުރަންވީ ސަބަބާއި މެދު ދައްކަވާ ވާހަކަފުޅު (އަޑުއެއްސެވުމުގައި) ބައިވެރިވެވަޑައިގަންނަވާށެވެ."
މިސެޝަންތައް ކުރިއަށްދާނީ ލައިވްސްޓްރީމުގެ ޚިދުމަތް މެދުވެރިކޮށެވެ. މިގޮތުން ލައިވްސްޓްރީމު ކުރިއަށްދާ ވަގުތު މިލިންކަށް ވެންނެވުމުން (އިން ޝާއަ ﷲ) މިލައިވް ސްޓްރީމް އަޑުއެއްސެވޭނެއެވެ.
ޚިޔާލު