ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ދޮގު ޚަބަރު ފެތުރުމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކަތެރި ވަބާއެއް: ޝެއިޚް ރިމާޒް

Dhogu Habaru Fethurumakee Mulhi Dhuniye Ah Fethurifai Vaa Nurakkaatheri Vabaa Eh: Sheikh Rimaz

ދޮގު ޚަބަރު ފެތުރުމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ވަބާއެއް ކަމަށް އައްޝައިޚް އަޙްމަދު ރިމާޒް ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާއު ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމާއި، ޘާބިތު ނުހިފޭ ވާހަކަތައް ދެއްކުމާއި، މީހުންގެ މެދުގައި ދޮގު އިލްޒާމް އަޅުވާ، ފްރޭމް ކުރުމުގެ ހަރަކާތްތައް ހިންގާ، މީހުންގެ އަނބުރަށް އަރައިގަތުމުގެ ސަބަބުން މީހުންގެ ޝަޚްޞިއްޔަތު ކަތިލެވިގެންދެއެވެ.

މި ފިތުނައިގެ ނުބައިކަން އަފްރާދުންނަށާއި މުޖުތަމަޢާއި ޢާއިލާތަކަށާއި ޤައުމުތަކަށާއި ވިޔަފާރިކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އަދި ހަމަ އެހެންމެ ނަތީޖާއެއްގެ ގޮތުން އެތަށް ބައެއްގެ އަބުރު ކަތިލެވި، އެތަށް ބަޔަކަށް ތުހުމަތުގެ އިނގިލިތައް ދިށްކުރެވި، އެތަށް ބަޔަަކަށް ޝައްކުގެ ނަޒަރަކުން އަމާޒުވެ، އެތަށް ޢާއިލާތަކެއް ރޫޅި، ރަޙްމަތްތެރިންނާއި، ރަޙިމުގެ ގުޅުން ކެޑިގެން ގޮސްފިއެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައިގައި ވެއެވެ. ޤަތުލު ކުރުމަށްވުރެ ފިތުނައިގެ ނުރައްކާތެރިކަން މާބޮޑެވެ. އަދި ހަަމަ އެހެންމެ އެބައި މީހުންނަށް ވޭންދެނިވި ޢަޛާބު ދެއްވާ ލަޢުނަތް ލެއްވިގެން ވާކަމަށްވެސް ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

މިކަމުން ސަލާމަތްވުމަށްޓަކައި އިސްލާމްދީނުގައި ވަނީ ވަރަށް ގިނަ ޢިރުޝާދު ދެއްވާފައެވެ. އެގޮތުން މީހަކު ވާހަކައެއް ހިފައިގެން އައިސްފިނަަމަ އޭގެ ތެދު ދޮގު ބެލުމާއި، ތިމާއަށް އިވޭހާ ވާހަކައެއް ނުދެއްކުމާއި، ބުނިބުންޏޭ ކިޔައިގެން ވާހަަކަތައް ފަތުރާ ނެހެދުމާއި، ކުށްހީތަކުން ދުރުވުމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ފިތުނަވެރީންގެ ފިތުނައިން އަޅުގަނޑުމެން ރައްކާތެރި ކުރައްވާ ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *