ދަރުސް ޚަބަރު ޝައިތާނާއަށް ލިބުނު ފުރުސަތުގެ ބޭނުން ކުރީ ތައުބާވެ ހެޔޮގޮތުގައި ޘާބިތުވެ ހުރުމަކަށް ނޫން: ޝެއިޚް އިމްރާން

ޝައިތާނާއަށް ލިބުނު ފުރުސަތުގެ ބޭނުން ކުރީ ތައުބާވެ ހެޔޮގޮތުގައި ޘާބިތުވެ ހުރުމަކަށް ނޫން: ޝެއިޚް އިމްރާން

Baeh Myhunnah Faafa Eh Kurevunyma Eee Evves Kameh Kamuga Ihsaas Nuvey: Sheikh Imraan (2 Vana Bai)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޝައިތާނާއަށް ލިބުނު ފުރުސަތުގެ ބޭނުން ކުރީ ތައުބާވެ ހެޔޮގޮތުގައި ޘާބިތުވެ ހުރުމަކަށް ނޫންކަމަށް އައްޝައިޚް ޢިމްރާން މުހައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް ޢިމްރާން ވިދާޅުވީ އިބިލީހައްވެސް ކުށެއް ކުރެވުނު ކަމަށާއި އޭނާގެ ކުށަކީ އާދަމް ޢަލައިހިއްސަލާމް އަށް ﷲ ތަޢާލާ ސަޖިދަ ކުރުމަށް އެންގެވުމުން އެކަމަށް އުރެދުމެވެ. "ނަތީޖާއެއްގެ ގޮތުން އޭނާވެސް އުޑުތަކުން ބޭރުކޮށްލެވިގެން ދިޔައެވެ. އެހިނދު ﷲ ތަޢާލާ އޭނާއަށް ފުރުސަތު ދެއްވުމުން އޭނާ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހާއި ހަމައަށް އޭނާ ލެހެއްޓެވުމަށް އެދި ދުޢާ ކުރިއެވެ. ﷲ ތަޢާލާ އޭނާއަށް އެފުރުސަތު ދެއްވުމުން އޭނާ އެފުރުސަތުގެ ބޭނުން ކުރީ ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާވެ ހެޔޮގޮތުގައި ޘާބިތުވެ ހުރުމަކަށް ނޫނެވެ." ޝެއިޚް ގެ ދަރުސްގައި ތަފްސީލްކޮށްދެއްވިއެވެ.

ފާފަކުރުމަކީ އިންސާނާގެ ތަބީޢަތުގައިިވާ ކަމެއް ކަމަށާއި އިންސާނުންނަކީ ވަރަށް ބަލިކަށި ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

"ތައުބާވާ މީހުން ތެރެއިން އެމީހުންގެ ފާފަތައް ދޫކޮށްލާ އެގޮތް ފަސްދީފައި ދެން ކުރި އަރައިގެން ދަނީ ހެޔޮކަމުގެ މަގުގައި. ﷲ ތަޢާލާ އާއި ބައްދަލު ކުރާއިރު ޠާހިރު ބައެއްގެ ގޮތުގައި ބައްދަލު ކުރުމަށް އެބައި މީހުން މަސައްކަތް ކުރާ"ކަމަށްވެސް ޝައިޚް ޢިމްރާންގެ ދަރުސްގައި ފާހަގަކުރެއްވިއެވެ.

"އޭނާ އެފުރުސަތުގެ ބޭނުން ކުރީ އިންސާނުންނާއި ޖިންނީން މަގުފުރެއްދުމަށެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އާއި އޭނާއަށް ތަބަޢަވިހާ ބަޔަކު ނަރަކައަށް ވައްދަވާނެ ކަމުގެ ވަޢުދުފުޅު ﷲ ތަޢާލާ ކުރެއްވިއެވެ. އެހެންކަމުން ތައުބާވާ މީހުންނާއި ފާފައިގެ މަތީގައި ދެމިތިބޭ މީހުންގެ ފާފަތަކަކީ މިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ކޮންމެ އާދަމުގެ ދަރިއަކީވެސް ގިނަގިނައިން ފާފަ ކުރެވިދާނެ މީހެކެވެ. ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ ތައުބާވާ މީހުންނެވެ."

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެދުނިޔޭގައިވެސް ބާއްޖަވެރި ވާނެ މީހުންނަކީ ތައުބާވެ ހެޔޮކަމުގެ މަތީގައި ޘާބިތުވެ ތިބޭ މީހުންކަމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.