ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ބައެއް މީހުންނަށް ފާފައެއް ކުރެވުނީމަ އެއީ އެއްވެސް ކަމެއް ކަމުގައި އިޙްސާސް ނުވޭ: ޝެއިޚް އިމްރާން

Baeh Myhunnah Faafa Eh Kurevunyma Eee Evves Kameh Kamuga Ihsaas Nuvey: Sheikh Imraan (2 Vana Bai)

ބައެއް މީހުންނަށް ފާފައެއް ކުރެވުނީމަ އެއީ އެއްވެސް ކަމެއް ކަމުގައި އިޙްސާސް ނުވާކަމަށް އައްޝައިޚް ޢިމްރާން މުހައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޝެއިޚް ޢިމްރާން މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވަނީ "މީސްތަކުންނަށް ފާފައެއް ކުރެވުނީމަ ޢަމަލުކުރާ ގޮތް ވަރަށް ތަފާތުކަމަށެވެ. ބައެއް މީހުން ކުދި ފާފަތަކަށް އަރައިގަތުމަށްފަހު ދެން އަނެއްކާ ބޮޑެތި ފާފަތަކަށް އަރައިގަނެ، ފާފައިގެ މަގުގައި އެއްދުވަހަށް ވުރެ އަނެއް ދުވަހު ކުރި އަރައިގެންދެއެވެ. އެއާ ޚިލާފަށް ބައެއް މީހުންނަކީ ފާފައެއް ކުރެވުމުން އެކަމާ ނުހަނު ހިތާމަކުރާ މީހުން ކަމަށާއި އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ފާފަ ފުއްސަވަން އެދި ދަންނަވާ މީހުން ކަމަށެވެ. އަދި ތައުބާވެ ހެޔޮގޮތުގެ މަތީގައި ޘާބިތުވެ ހެޔޮ ކަމުގެ މަތީގައި ކުރިއަށްދާ މީހުންކަމަށެވެ."

އަދި އިތުރަށް ޝެއިޚް ވިދާޅުވީ "އާދަމް ޢަލައިހިއްސަލާމް އަށް ﷲ ތަޢާލާ ޝަރަފާއި މަޤާމާއި ޢިއްޒަތް ދެއްވާފައިވާ ވަނިކޮށް އެކަލޭގެފާނަށް ކުށެއް ކުރެވުނު"ކަމަށާއި "އާދަމް ޢަލައިހިއްސަލާމް ސުވަރުގޭގަ ޙައްވާ ޢަލައިހިއްސަލާމް އާއި ދެކަނބަލުން ވަނިކޮށް ޝައިޠާނާ އައިސް ﷲ ގަންދީ ހުވާކުރި" ކަމަށެވެ. "އެކަލޭގެފާނަށް ނަޞޭޙަތްދޭ މީހެއް ކަމުގައި ބުނަމުން އައުމުގެ ސަބަބުން ﷲ ތަޢާލާ ނަހީކުރައްވާފައިވާ ގަހުން ދެކަނބަލުންނަށް ފަރީކުޅުއްވުނު"ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން ﷲ ތަޢާލާގެ އަމުރުފުޅަށް އުރެދުމުގެ ސަބަބުން އެދެކަނބަލުން ސުވަރުގެއިން ނެރެލެވުނެވެ. ދެން އެދެކަނބަލުން ﷲ ތަޢާލާގެ ޙަޟްރަތަށް ފާފަތައް ފުއްސަވާ ދެއްވުމަށާއި ތައުބާވުމަށް އެދި ދުޢާ ކުރަމުން ދިޔައެވެ. އެއަށްފަހު ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމް އަށް ﷲ ތަޢާލާ މަތިވެރިކަން ދެއްވެވިއެވެ. އަދި ވަޙީ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ތައުބާ ޤަބޫލު ކުރައްވާ ދެން އެކަލޭގެފާނު ހިދާޔަތުގެ މަގަށް މަގު ދެއްކެވިކަމަށް ދަރުސްގައި ޝެއިޚް ޢިމްރާން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *