ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ސިހުރު ޖެހިދާނެ ކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު: ޝެއިޚް ޠައްޔިބު

Sihuru Jehidhaane Kamah Rakkatheri Kamuge Fiyavalhu Elhun Muhimmu: Sheikh Thayyib (2 Vana Bai)

ސިހުރު ޖެހިދާނެ ކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިއްމު ކަަމަށް އައްޝައިޚް މުހައްމަދު ޠައްޔިބު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޞިޙުރަކީ ޚިޔާލީ ވާހަކައެއް ނޫންކަމާއި، ބައެއް މީހުން ހަދައިގެން ދައްކާ ވާހަކައެއް ވެސް ނޫންކަމަށާއި، ޞިޙުރަކީ ޙަޤީޤަތެއް ވާކަމެއް ކަމަށެވެ. އަދި ހަމަ އެއާ އެކީ އެހަދާ މީހުންވެސް އުޅޭ ކަމަށާއި، އޭގެ ސަބަބުން މީހުންނަށް ގެއްލުންތައް ކުރިމަތިވެ ސިހުރު ޖެހިފައިވެސް ވާކަމަށެވެ.

"އެކަން ބަޔާން ކުރައްވާ ﷲ ތަޢާލާ ފަލަޤް ސޫރަތުގައި ވަހީ ކުރައްވާފައިވާ އާޔަތުގެ މާނައިގައި ވެއެވެ. ޞިހުރުވެރީން އެހަދައިގެން އެގެންގުޅޭ އެގޮށްތަކަށް ފުމޭ ޞިހުރުވެރީންގެ ޢަމަލުތަކުން ރައްކާތެރި ކޮށްދެއްވުން އެދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ބަޔާންކޮށް ދަސްކޮށް ދެއްވާފައިވާ އާޔަތްތަކުން އަޅުގަނޑުމެންނަށް އެނގިގެން އެބަދާކަމަށް" ޝެއިޚް ވިދާޅުވިއެވެ.

އިތުރަށް ޝެއިޚް ވިދާޅުވީ "ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﷲ ތަޢާލާގެ އިޒްނަފުޅާ ލައިގެން މެނުވީ އެއީ ލިބޭނެ ގެއްލުންތަކެއް ނުވާނެ ކަމުގައެވެ. އަދި ހަަމަ އެހެންމެ ދުނިޔޭގައި ހިނގާ ހުރިހާ ކަމެއްވެސް މިލްކުވެ ވޮޑިގެންވާ ފަރާތަކީ ﷲ ތަޢާލާއެވެ. އަދި ހަމަ އެއާއެކު ﷲ ތަޢާލާގެ ގަޟާ ގަދަރުގެ ތެރޭގައި ހުރިހާ ކަމެއްވެސް ހިނގަމުން ދާނެއެވެ. ޞިހުރަކީ ނުބައި، ނުރައްކާތެރި ޢަމަލެއް."ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ތައްޔިބު ވަނީ ޞިހުރަކީ، ޞިހުރުވެރިޔާއާއި ޝައިޠާނާއާއި ދެމެދުގައި ހެދޭ ޑީލްއެއް ކަމަށާއި ޞިޙުރުވެރިޔާއަށް ވާގި ލިބި ބާރު ލިބެނީ ޝައިޠާނާގެ ފަރާތުންކަމަށެވެ. އަދި އިންސާނުންގެ ތެރޭގައިވާ ޝައިޠާނުން، ޞިހުރުވެރީން އެބައި މީހުންގެ އެބޮޑެތި ޝައިޠާނުންނާއި މިވެނި މީހަކަށް ގެއްލުން ދޭން، މިވެނި މީހަކަށް އަނބިމީހާ އާއި ފިރިމީހާ ވަކިކޮށްލަން، އާއިލާތައް ރޫޅާލަން ނުވަތަ މިވެނި މީހެއްގެ މުދަލަށް ގެއްލުން ދިނުމަށް އެއްބަސްވާކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *