ދަރުސް ޚަބަރު ޒުވާން ދުވަސްވަރު ހެޔޮ ޢަމަލު ކުރުން މަތީގައި ހޭދަ ކުރެވޭތޯ ބަލަން ޖެހޭ: ޝެއިޚް ޝަމްޢޫން

ޒުވާން ދުވަސްވަރު ހެޔޮ ޢަމަލު ކުރުން މަތީގައި ހޭދަ ކުރެވޭތޯ ބަލަން ޖެހޭ: ޝެއިޚް ޝަމްޢޫން

Zuvaan Dhuvas Varu Heyo Amalu Kurun Mathyga Heydha Kureveytho Balan Jehey: Sheikh Shamoon

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒުވާން ދުވަސްވަރު ހެޔޮ ޢަމަލު ކުރުން މަތީގައި ހޭދަ ކުރެވޭތޯ ބަލަން ޖެހޭނެ ކަމަށް އައްޝައިޚް މުހައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޅުގަނޑުމެން ޒުވާން ދުވަސްވަރު ނުކުރި ޢަމަލެއް އަޅުގަނޑުމެން މުސްކުޅި ކަމާއި ހަމައަށް ފޯރުމަށްފަހު ނުކުރެވޭނެ ކަމަށާއި، ޒުވާން ދުވަސްވަރު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަޅުކަމުގެ މަތީގައި ދެމި ތިބޭ ކަމުގައި ވަނީނަމަ މުސްކުޅިވުމަށް ފަހުގައި އެއިގެ ތެރެއިން ގިނަ ޢަމަލުތަކެއް ނުކުރެވުނު ކަމުގައި ވިޔަސް ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް އުފާވެރި ޚަބަރު ދެއްވާފައެވެ.

މީގެ އިތުރުން ﷲ ތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައި ވަނީ ތިމަން ﷲ އިންސާނާ ހެއްދެވީ އެންމެ ފުރިހަމަ ސޫރައިގައެވެ. އެއަށްފަހު ތިމަން އިލާހު އޭނާ އެންމެ ނިކަމެތި ދަރަޖައަށް ރުޖޫޢަ ކުރައްވަމެވެ. ﷲ ތަޢާލާ ވަނީ އެފަދަ ދުވަސްވަރަކާ ބައްދަލުވުމަށް ފަހުގައި އެބައި މީހުންގެ ޢަމަލުތައް މެދުކެޑިގެން ނުދާނެ މީހުންނަކީ އީމާންވެ ޞާލިޙް ޢަމަލުތައް ކުރި މީހުންކަމަށެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ފަސް ކަމެއް ތިޔަބައި މީހުންނަށް ކުރިމަތިވުމުގެ ކުރީން ފަސް ކަމެއްގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ. އެއިގެ ތެރެއިން ވެސް އެއްކަމަކަށް ބަޔާން ކުރައްވާފައި ވަނީ މުސްކުޅިވުމުގެ ކުރީން ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ވެސް ޒުވާން ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފާ ޞާލިޙް އަޅުންތަކެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.