ދަރުސް ޚަބަރު މުއުމިނުން ކަމުގައި ވާނަމަ މުނާފިޤުންގެ ފަރާތުން ކިތަންމެ ވަރަކަށް ދުއްތުރާތައް އައި ކަމުގައި ވިޔަސް ހެޔޮ ކަންކަމަށް އަމުރު ކުރާނެ: ޝެއިޚް ޝަމްޢޫން

މުއުމިނުން ކަމުގައި ވާނަމަ މުނާފިޤުންގެ ފަރާތުން ކިތަންމެ ވަރަކަށް ދުއްތުރާތައް އައި ކަމުގައި ވިޔަސް ހެޔޮ ކަންކަމަށް އަމުރު ކުރާނެ: ޝެއިޚް ޝަމްޢޫން

Zuvaan Dhuvas Varu Heyo Amalu Kurun Mathyga Heydha Kureveytho Balan Jehey: Sheikh Shamoon

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުއުމިނުންތަކެއް ކަމުގައި ވާނަމަ މުނާފިޤުންގެ ފަރާތުން ކިތަންމެ ވަރަކަށް ދުއްތުރާތައް އައި ކަމުގައި ވިޔަސް ހެޔޮ ކަންކަމަށް އަމުރު ކުރާނެ ކަމަށް އައްޝައިޚް މުހައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ޝެއިޚްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ ވާ އާޔަތެއްގެ މާނައިގައި ވެއެވެ. މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއްބަޔަކު އަނެއް ބަޔަކަށްޓަކައިވާ ވާގިވެރިންނެވެ. އެބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކަށް އަމުރު ކުރެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް މުންކަރާތްތައް ނަހީކޮށް ހަދައެވެ.

އަދި ހަމަ އެހެންމެ މުނާފިޤުންގެ ވާހަކަ ބަޔާން ކުރައްވާ ވަޙީ ކުރައްވާފައި ވަނީ މުނާފިޤު އަންހެނުންނާއި މުނާފިޤު ފިރިހެނުންނަކީ އެއްބަޔަކު އަނެއްބައެއްގެ ތެރެއިންވާ ބައެކެވެ. އެބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް މުންކަރާތްތަކަށް އަރައި ގަތުމަށް، ﷲ ނަހީ ކުރައްވާފައިވާ ކަންކަމަށް އަމުރު ކުރެއެވެ. އަދި އެބައި މީހުން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ކަންކަން ކުރަން މަނާކޮށް، ހުރަސްއަޅާ ހަދައެވެ.

ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތަށް މަނާކުރެވެމުން ދާނަމަ އެފާފަތައް ކުރި އަޅުންނަށް ﷲ ތަޢާލާ ތައުބާ ލައްވަވާ އެމުޖުތަމަޢު އަކީ ހެޔޮލަފާ ޞާލިޙް އަޅުންތަކެއް ދިރިއުޅޭ މުޖުތަމަޢެއް ކަމުގައި ލައްވަވާނެއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާ ކުރުމުގެ ސަބަބުން ހެޔޮލަފާ ޞާލިޙް މުޖުތަމަޢަކަށް ވެގެންދާނެ މުޖުތަމަޢެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ޓެގް

ދަރުސް ޚަބަރު ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.