ދަރުސް ޚަބަރު ﷲ ތަޢާލާއަށްޓަކައި ކުރާ އެއްވެސް ކަމެއް ގެއްލިގެން ނުދާނެ: މުފްތީ މެންކް

ﷲ ތަޢާލާއަށްޓަކައި ކުރާ އެއްވެސް ކަމެއް ގެއްލިގެން ނުދާނެ: މުފްތީ މެންކް

Maai Allah Dheke Hageegathuga Loabivaa Nama Ekalaage Rasoola Ah Thabaavey: Mufthee Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ﷲ ތަޢާލާއަށްޓަކައި ކުރާ އެއްވެސް އެއްވެސް ކަމެއް ގެއްލިގެން ނުދާނެ ކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް އިތުރަށް ވިދާޅުވި ގޮތުގައި އެންމެންވެސް ބޭނުންވަނީ ކޭޝްކާޑުން ފައިސާ ކަނޑައިލެވޭއިރު އަތުގައި މުދާ ހުރުން ކަމަށާއި ދެކަންތައް އެއްވަގުތެއްގައި ވުމަށެވެ. ނަމަވެސް އެންމެ ފައިދާހުރި ވިޔަފާރިއަކީ މިކޮޅުން ކޭޝްކާޑުން އަގުދައްކައި އާޚިރަތް ދުވަހު މުދައު ލިބިގަންނަ ގޮތަށް ކުރާ މުޢާމަލާތުތަކެވެ. ޙަޤީޤީ ފައިދާ ކުރާނީ އެފަދަ ވިޔަފާރިންކަމުގައި ވާތީއެވެ.

މީގެ އިތުރުން ތިބާ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދޭން ޖެހޭނީ އެމީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދިގެން ނޫންކަމާއި އެއީ ހަމަ ﷲ އަށްޓަކައި ކަމެވެ. ވީމާ އެއްވެސް މީހަކު ތިބާއަށް ކަމެއް ކޮށްނުދީގެން ޝަކުވާއެއް ކުރުމުގެ އެއްވެސް ޙައްޤެއް ތިބާއަކަށް ނެތް ކަމެވެ. އަދި ހަމަ އެހެންމެ ދާނީ ބަރާބަރަށް އާޚިރަތުގެ އެކައުންޓަށް ޖަމާވަމުން ކަމަށާއި، ތިބާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު ބޭނުންކުރަން ލިބޭނެކަމެވެ. އެއީ ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭ ވަގުތު ކަމާއި، އެންމެ ހެޔޮ ޢަމަލެއް ނަމަވެސް އިތުރުވޭތޯ ކަންބޮޑުވެ ތެޅި ފޮޅެންޖެހޭ ވަގުތުކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވަނީ މީހަކަށް ކަމެއް ކޮށްދޭއިރު އެމީހާގެ ކިބައިން މިދުނިޔެއިން ބަދަލަކަށް އެދެވޭނަމަ އެކަން އެހިސާބުން ބެލެންސްވެ އެނިމުނީކަމުގައެވެ. އަދި އާޚިރަތް ދުވަހުން ލިބޭނެ އެއްވެސް ފައިދާއެއް ނުއޮންނާނެ ކަމަށެވެ. ވީމާ އަހަރެމެންނަށް ކުރެވޭ އެންމެ ފައިދާހުރި ވިޔަފާރިއަކަށް ވާނީ މިދުނިޔޭގައި އަގު ދައްކައި އާޚިރަތް ދުވަހުން މުދައު ލިބޭ ގޮތަށް ކުރެވޭ ވިޔަފާރި ކަމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.