ކަންކަން އެންމެ ފުރިހަމަ ނުވުމުގެ ޝަކުވާ ހިތުގައި އޮންނަ މީހަަކަށް ދުވަހަކުވެސް ހިތްހަަމަޖެހުމެއް ނުލިބޭނެ ކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށް އެމީހާ އެދޭ ކަންކަން އެންމެ އެދޭ ގޮތަށް ކޮންމެ ފަހަރަކު ޙާޞިލުނުކުރެވި ހިނގައިދާނެއެވެ. އެފަދަ ޙާލަތުގައި ﷲ ތަޢާލާ ތިމާއަށް ދެއްވަވާފައިވާ ބާރާއި އިޚްތިޔާރުގެތެރެއިން ތިމާ ކުރަން މަސައްކަތްކުރާ ކަންކަން ވެސް ތިމާ އެންމެ އެދޭ ގޮތަށް ނުކުރެވޭ ފަހަރު އާންނަކަން ވިސްނާލުމަށެވެ.
މިސާލަކަށް ތިބާއަށް ﷲ ތައާލާ ވަނީ ކޭކުއެޅުމުގެ ހުނަރު ދެއްވަވައިފައެވެ. ކޭކު އަޅަން ބޭނުންކުރާނެ ތަކެތިވެސް ތިބާގެ އަތުގައި އެބަހުއްޓެވެ. ކޭކު އަޅަން ބޭނުންކުރާނެ ވަސީލަތްތައްވެސް އެބަ ހުއްޓެވެ. މިހުރިހާ ކަންކަން ފުރިހަމަވެފައި ހުރުމާއިއެކުގައިވެސް އަޅާ ކޮންމެ ކޭކެއް އެންމެ މީރުކޮށް ނުއެޅޭކަން މިދަނީ ތަޖުރިބާ ކުރަމުންނެވެ
އަދި ހަމަ މި ފަދައިން ހުރިހައި ވަސީލަތްތައް ފުރިހަމަވެފައިހުރެމެ އަމިއްލައަށް ފަހާ މީހުންނަށް ވެސް ހަމަ މި މައްސަލަ ކުރިމަތިވެއެވެ. ކިތަންމެ ވަރަކަށް ވިސްނައިގެން ކަންކަން ކުރިނަމަވެސް ތިމާ އެންމެ ބޮޑަށް ހިތް އެދޭ ފެންވަރުގައި، އުންމީދު ކުރި ފުރިހަމަކަމުގައި ހެދުން ނުފެހެނީ މަދަކުން ނޫނެވެ
މި ބުނި 2 ކަންތަކަކީ އިންސާނުންނަށް އެމީހުން ބޭނުންވާ ގޮތަކަށް ކުރުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވަވާފައިވާ ކަންތައްތަކުގެ ތެރެއިން 2 ކަމެވެ. ވީމާ ތިމާއަށް އަމިއްލައަށް ކުރެވެން ހުންނަ މިފަދަ ކަންކަން ވެސް ތިމާ ބޭނުންވާ ފެންވަރުގައި ނުކުރެވުމުން އެނގިގެން މިދަނީ ހަމަ އިންސާނުންގެ އެއްވެސް ބާރެއް ނެތް ކަމާއި ހުރި ނިކަމެތި ކަމެވެ.
ޚިޔާލު