ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ތިބާގެ ކިބައިން އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތަކާއި މެދުގައި ކޮންމެ ދުވަހަކުވެސް ވިސްނާލާ: މުފްތީ މެންކް

Allah Thalaa Ah Takaa Kuraa Evves Kameh Gelligen Nudhaane: Mufthi Menk

ތިބާގެ ކިބައިން އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތަކާއި މެދުގައި ކޮންމެ ދުވަހަކުވެސް ވިސްނާލުމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް އިތުރަށް ވިދާޅުވި ގޮތުގައި މިއީ ވަރަށް ގިނަ ބަޔަކު އިހުމާލު ވަމުންދާ ކަމެއް ކަމަށާއި، ގިނަ ބަޔަކު އަބަދުވެސް ބަލަނީ އަނެކާގެ ހުރި ސިފަތަކަށާއި، އަނެކާގެ ކަންކަމަށް ފާޑުކިޔޭތޯއެވެ. ތިމާގެ ކިބައިގައި ވެސް އުނި ސިފަތަކެއް ހުރިކަމާއި މެދުގައި ވިސްނާވެސް ނުލާ ކަމަށާއި މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެނީ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ޒިންމާއަކީ އެމީހެއްގެ ޢަމަލުތައް އިޞްލާޙުކުރުމަށްފަހު، އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ބައެއްގެ ޢަމަލުތައް އިޞްލާޙު ކުރުމެވެ.

މިގޮތުން ދުނިޔެއާއި އާޚިރަތުގައި ވެސް އުފާވެރިކަމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމަށް އެދި ކުރަންޖެހޭ ކަންކަންވެސް ކުރުމަށް ޝެއިޚްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ ދުވަހަކުވެސް މަދުވެގެން ތިމާއަށް ކުރެވޭ އެއް ކުށް އިޞްލާޙު ކުރުން ކަމުގައެވެ.

ތިމާގެ ޢަމަލުތައް އެއް ދުވަހުން އަނެއް ދުވަހަށް އިޞްލާޙު ކުރަން ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އެގޮތުގައި މަސައްކަތްކުރާ މީހަކަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާނެ ކަމަށާއި، އެގޮތަށް ކުރެވޭ މަސައްކަތްތަކަށް ކުރިއެރުން މިންވަރު ކުރައްވާނެ ކަމަށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވަނީ އެމީހަކު އަދާކުރަން ޖެހޭ ޒިންމާތައް އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހެކެވެ. އެހެން މީހަކު ނުޖެހޭނެ ކަމަށެވެ. ވީމާ އެހެން މީހުން ކުރާ ކަންކަމަށް ވިސްނަން ތިމާގެ އަގުހުރި ވަގުތުތައް ބޭކާރު ނުކޮށް، ތިމާ އިޞްލާޙުކުރަން ހުރި ކަންކަމަށް ވިސްނާ ފިކުރުކޮށް، ތިމާއަށް އިތުރު ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. ދެ ދުނިޔެ ކާމިޔާބު ކުރެވޭނީ އެއިރުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *