ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ކިތަންމެ ބޮޑު ބައްޔެއް ޖެހުނު ނަމަވެސް ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ނެތް: މުފްތީ މެންކް

Kithamme Bodu Bayyeh Jehunu Namaves Kanbodu Vumuge Evves Beynumeh Neii: Mufthi Menk

ކިތަންމެ ބޮޑު ބައްޔެއް ޖެހުނު ނަމަވެސް ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މިއަދު ގިނަ މީހުންނަކީ ދުނިޔެއާގެން އުޅެން ހަދައިގެން އެންމެ ކުޑަމިނުން ވަގުތު ޖެހުމުން ނަމާދުވެސް ކުރެވޭ ބައެއް ނޫންކަމާއި ﷲ ތަޢާލާ އާއި މެދު ވިސްނާލާނެ ވަގުތެއްވެސް ނުވެއެވެ. ނަމަވެސް ބޮޑު ބައްޔެއް ޖެހިއްޖެ ނަމަ އެހެން ނަމަ އެހެން ހުރިހާ ކަމަކަށްވުރެ ނަމާދުކުރަން އިސްކަންދީ ޛިކުރުކޮށް ދުޢާކުރާނެ ވަގުތު ހޯދާނެ ކަމަށް ވިދާޅުވިއެވެ.

ބަލިވުމަކީ މީހާގެ ސިކުނޑި އެކަމަކަށް ހުސްކޮށްލައި ސިކުނޑި ގޮއްވައިލާވަރުގެ ކަމެއްކަމަށް ނުދެކި، މުސްލިމުންގެ ޢަގީދާ އަކަށް ވާންް ޖެހޭނީ ކޮންމެ ބައްޔެއްވެސް ޖެހޭނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން ކަމަށާއި، ޝިފާ ލިބޭނީ ﷲ ތަޢާލާ ޝިފާ ދެއްވެވުމުންކަން ޤަބޫލު ކުރުމެވެ. އަދި ހަމަ އެހެންމެ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކޮށް ދުޢާކުރުމުން ﷲ ތަޢާލާ ޝިފާ ދެއްވަވާނެ ކަމެވެ.

ކިތަންމެ ބޮޑު ބައްޔެއް ޖެހުނު ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކު ދުނިޔޭގައި ހުރުމަށް

ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާ މުއްދަތުގައި ދުނިޔޭގައި ހުރުމަށްފަހުގައެވެެ. އެއްވެސް ބައްޔެއް ނުޖެހުނު ނަމަވެސް އެމީހާގެ ޢުމުރު ހަމަވުމުން އެމީހަކު މަރުވާނެކަމާއި އެއީ ހުއްޓުވޭނެ ކަމެއް ނޫންކަމާއި، އަދި ސިކުންތެއްގެ މިންވަރުވެސް ލަސްވެސް ކުރެވޭނެ ނޫންކަމަށްވެސް ވިދާޅުވިއެވެ.

ޝެއިޚްގެ ވާހަަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ޢުމުރުގެ އެއްވެސް ހިސާބެއްގައި ތިމާއަށް ބައްޔެއް ޖެހިފައިވާކަން އެނގުމަކީ ހަތަރު އުދަރެސް ފެނުގައި ޖެހޭވަރުގެ ކަމަކަށް ނުހަދާ އެކަމަށްޓަކައި ކެތްތެރިވެ އުފާކުރާ މީހެއް ކަމުގައި ވުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *