ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ނަމާދު ކުރާ ގޮތް ދައްކުވައިދޭ މުޅިން އާ ސިލްސިލާއެއް
ނަމާދު ކުރާ ގޮތް ދައްކުވައިދޭ މުޅިން އާ ސިލްސިލާ ވީޑިޔޯތަކެއް ނެރުއްވުމަށް ޖަމްޢިއްޔަތުއް ސަލަފުން ހަމަޖައްސަވައިފިއެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ރަސްމީ ސައިޓާއި، އަދި މީސްމީޑީޔާ އޮޅިތަކުގައި އެބޭފުޅުން ޢާއްމުކުރައްވާފައިވާ ޚަބަރެއްގައިވާ ގޮތުގައި މިސީރީޒަކީ ނަމާދު ފެށުނީއްސުރެ ނިމެންދެން ނަމާދުގައި ކިޔާ އެކިއެކި ޒިކުރުތަކުގެ އިތުރުން ނަމާދުގެ އެކިއެކި މަޤާމުތަކުގައި މީހާގެ އެކިއެކި ގުނަވަންތައް ބަހައްޓަން ޖެހޭނެ ގޮތް ދައްކުވައިދޭ ވީޑިޔޯތަކެކެވެ. މީގެ އިތުރުން ނަމާދުގެ އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާނެގޮތަށްވެސް މިސިލްސިލާ ވީޑިޔޯތަކުގައި އަލިއަޅުވާލެވޭނެއެވެ.
"ނަމާދު ކުރާނެ ގޮތް" މިނަމުގައި ކުރިއަށް ގެންދެވޭ މިސިލްސިޅާ ހުށައަޅުއްވާ ދެއްވާނީ ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިންގެ މަޖްލިހުގެ މެންބަރު، އައްޝައިޚު ޢަބްދުއްސަލާމް ބިން ދާވޫދެވެ. އައްޝައިޚު ޢަބްދުއްސަލާމް މިސިލްސިލާއާއި މެދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ނަމާދު ކުރާގޮތް އުނގެނިދަސްކުރުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި މި ޕްރޮގްރާމަކީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ބަލާލަން ވަރަށް ފަސޭހަ އަދި ނަމާދު ކުރަން ދަސްކޮށް އެކަމުގެ ޙުކުމްތައް ދަނެގަތުމަށް ހުޅުވިގެންދާނެ އިތުރު ދޮރެއްކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.
”ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ނަމާދު ކުރެއްވިގޮތް ދަސްކޮށް އުނގެނުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް. ސަބަބަކީ ނަމާދުގެ އަޅުކަން ޤަބޫލުވެވިގެންދާނީވެސް އެކަލޭގެފާނު ދެއްކެވިގޮތަށް، އެންގެވިގޮތަށް ކޮށްގެން. އެހެންނޫނީ އަޅުގަނޑުމެން މުޅި އުމުރުދުވަހު ނަމާދު ކުރިކަމުގައިވިޔަސް ﷲ ތަޢާލާ އަޅުގަނޑުމެންގެ ނަމާދު ޤަބޫލު ނުކުރެއްވުމަކީ ވަރަށްގާތްކަމެއް. އެހެންވީމާ މިނަމާދު ކުރާނެގޮތް އުނގެނުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް“ އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއް ސަލަފުން ވިދާޅުވާ ގޮތުގައި މިސިލްސިލާގެ ކޮންމެ ވީޑިޔޯއެއްގެ ދިގުމިނަކީ 10 މިނެޓެވެ. މިސިލްސިލާ ވީޑިޔޯތައް ޖަމްޢިއްޔަތުއް ސަލަފުގެ ފޭސްބުކް އަދި ޔިޓިޔުބު ޞަފްޙާތަކުގައި ޢާއްމު ކުރެވިގެންދާނެއެވެ. (އިން ޝާއަ ﷲ.)
މިސިލްސިލާގެ ފުރަތަމަ ވީޑިޔޯ ބެއްލެވުމަށް މިލިންކަށް ވަންނަވާ!
އަދި ޖަމްޢިއްޔަތުއް ސަލަފުގެ ފޭސްބުކް އަށް ވެންނެވުމަށް މިލިންކަށް، އަދި ޔޫޓިޔުބު ޞަފްޙާއަށް ވެންނެވުމަށް މިލިންކަށް ފިތާލައްވާ!
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...