ދަރުސް ޚަބަރު ދެމަފިރިިން އެކަކު އަނެކަކަށް ލޯބިން ބަސްބުނުމާއި ތަޢުރީފު ކުރުމަކީވެސް އަޅުކަމެއް: މުފްތީ މެންކް

ދެމަފިރިިން އެކަކު އަނެކަކަށް ލޯބިން ބަސްބުނުމާއި ތަޢުރީފު ކުރުމަކީވެސް އަޅުކަމެއް: މުފްތީ މެންކް

Dhemafirin Ekaku Anekakah Loabin Basbunumaa Thaureef Kurumakee Ves Alhukameh: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ބަސްބުނުމާއި ތަޢުރީފު ކުރުމަކީވެސް އަޅުކަމެއް ކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިމަޢުޟޫއަށް އިތުރަށް ވިދާޅުވި ގޮތުގައި ޒަވާޖީ ޙަޔާތް ކާމިޔާބު ކުރެވުމާއެކު ސުވަރުގެއިން ގަނޑުވަރެއް ލިބެން އޮތް ފުރުސަތު ދެމަފިރިންވެސް ދޫކޮށް ނުލުމަށާއި ހިނިތުންވުމަކީވެސް ޞަދަޤާތެއް ކަމެވެ. އަދި އެކަކު އަނެކަކަށް ލޯބިން ބުނާ ކޮންމެ ބަހަކީވެސް ކައިވެނި އިތުރަށް ވަރުގަދަ ކޮށްދޭނެ ކަމެއް ކަމަށެވެ. ވީމާ ކައިވެނި އިތުރަށް ބަދަހިކޮށް ދަމަހަށްޓުމަށްޓަކައި ބޭނުންނަމަ ވީހައިވެސް ގިނައިން ގޮށްޖަހަމުން ގެންދިއުމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް މަގުމަތީން ނުވަތަ އެނޫން ތަނަކުން ފިރިހެނަކަށް އަންހެނަކު ފެނިއްޖެނަމަ އަނގައިގައި ހުރި ހުރިހާ ދަތްތައް ދައްކައިގެން ފައިން ބޮލަށް ބަލާނެ ކަމުގައެވެ. އަދި އަންހެނަކަށް ފިރިހެނަކު ފެނުނު ނަމަވެސް ހަމަ މިމޭރުމުން ބަލާނެ ކަމުގައެވެ.ނަމަވެސް އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފެނުމުން އެފަދައިން ބަލާކަށް ބޭނުމެއް ނުވެއެވެ. އަދި ހިނިތުންވާކަށް ބޭނުމެއްވެސް ބޭނުމެއް ނުވާކަމުގައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވަނީ ދެމަފިރިން ނަމަވެސް ކޮންމެ ދެމީހެއްގެ މިޒާޖު އެއްގޮތެއް ނުވާނެ ކަމާއި، އެފަދަ ކަމެއް މެދުވެރިވި ނަމަވެސް ކުނިމޫނު ނުދައްކާ ހެޔޮބަހެއް ނޫނީ ނުބުނެ، އެކަކު އަނެކަކަށް އިޙްތިރާމް ކުރަންވާނެ ކަމުގައެވެ. އެއިރުން ކަންކަން މަޑުމަޑުން ގޮސް ދެމީހުންގެ ޚިޔާލުތައް އެއްގޮތް ކުރެވޭނެ ކަމުގައެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.