ދަރުސް ޚަބަރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ކުޅަދާނަކަން ހުރި މިންވަރަކުން މުންކަރާތްތައް ނަހީ ކުރަން ޖެހޭ: ޝެއިޚް ޝަމްޢޫން

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ކުޅަދާނަކަން ހުރި މިންވަރަކުން މުންކަރާތްތައް ނަހީ ކުރަން ޖެހޭ: ޝެއިޚް ޝަމްޢޫން

Zuvaan Dhuvas Varu Heyo Amalu Kurun Mathyga Heydha Kureveytho Balan Jehey: Sheikh Shamoon

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކުޅަދާނަކަން ހުރި މިންވަރަކުން މުންކަރާތްތައް ނަހީ ކުރަން ޖެހޭ ކަމަށް އައްޝައިޚް މުހައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝަމްޢޫން މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސް ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚްގެ ވާހަކައިގައި ވިދާޅުވެފައި ވަނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މުނަކަރާތެއް ފެނިއްޖެ މީހަކު އޭނާ ފަހެ އޭނާގެ އަތުން އެމުންކަރާތް މަނާކުރާހުށިކަމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ އަށް އޭނާގެ ދުލުން އެމުންކަރާތް މަނާކުރާ ހުށިކަމެވެ. އެކަމަށްވެސް ކުޅަދާނަ ވެގެން ނުވާ މީހާ، އޭނާ ފަހެ އޭނާގެ ހިތުން އެމުންކަރާތް މަނާކުރާ ހުށިކަމެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެކި ދިމަ ދިމާއަށް ބަލައިފި ކަމުގައި ވާނަމަ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަ މަންޒަރުތައް ދަނީ ފެންނަމުންނެވެ. އަދި ހަމަ އެހެންމެ މުޖުތަމަޢުގައި ބޮޑެތި ފާފަތަކަށް ކުރެވޭ ހިނދުގައި ﷲ ތަޢާލާގެ ދީނަށް އުޅެން މަސައްކަތް ކުރާ ކަމަށް ބުނަމުންދާ މުސްލިމުންތަކެއް، ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންދާ ކަމަށް ބުނަމުންދާ މީހުންތަކެއް، އެފާފަތައް ކުރެވޭ ތަނުގައި އެފާފަތަކުގެ އަހުލުވެރީންނާއެކު ތިބޭކަމަށް ވާނަމަ އެއީ އަޅުގަނޑުމެން ހައިރާން ވާން ޖެހޭ ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން އަޅުގަނޑުމެން އެންމެންނަކީވެސް ﷲ އަންގަވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ޙަޔާތް ވެއިތުކުރަން މަސައްކަތް ކުރާ ބައެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރައްވިއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.