ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ސިހުރާ އެސްފީނާއިން ސަލާމަތް ވުމަށް ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވުން ވަރަށް މުހިއްމު: މުފްތީ މެންްކް

Dhemafirin Ekaku Anekakah Loabin Basbunumaa Thaureef Kurumakee Ves Alhukameh: Mufthi Menk

ސިހުރާ އެސްފީނާއިން ސަލާމަތް ވުމަށް ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވާ އަޅަކު ކަމުގައި ވުން ވަރަށް މުހިއްމު ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

ﷲ ތަޢާލާގެ ރައްކައުތެރިކަމުގައި ހުންނަ މީހަކަށް ސިހުރު ޖެއްސުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން ރައްކާތެރިވެގެން ހުރެއްޖެ ނަމަ މަރު ފިޔަވައި އެހެން ހުރިހާ ކަމަކުން ސަލާމަތް ވެވޭނެއެވެ. ސިހުރާ އެސްފީނާއިން ސަލާމަތްވާން ބޭނުންނަމަ ކޮންމެ ދުވަހަކުވެސް އާޔްތުލްކުރުސި އާއި އިޚްލާސް، ފަލަޤް، ނާސް 3 ސޫރަތް، އަދި ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމަަށް އެދި ހުރި ޒިކުރުތައް ކިޔުމަކީ ވަަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ޙައިޟުވެރިންނާއި ނިފާސްވެރީން ވެސް މިފަދައިން ޢަމަލު ކުރުމަކީ ވަަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ އެއީ އެމީހުންނަށް އެންމެ ބޮޑަށް ރައްކައުތެރިކަން ބޭނުންވާނެ ދުވަސްތަކެއް ކަމަށް ވާތީއެވެ.

އަދި ހަމަ އެހެންމެ ރުޤްޔާކުރަން ދަންނަ މީހުން ބުނެދޭނީ ސުންނަތުން ސާބިތުވާ ކަންކަމަށާއި، ކީރިތި ޤުރްއާނުގައި ހުރި ސިހުރު ބާޠިލުވާ އާޔަތްތައް ކިޔެވުމަށާއި، އެފެން ބުއިމަށާއި، ގަޔަށްއެޅުން ފަދަ ކަންކަން ކުރުމަށެވެ. އަދި ރޯ މާމުޔާއި ޒަމްްޒަމްފެނާއި ކަޅުދިރިއާއި ވައްޠީނި ފަދަ ސުންނަތުން އެނގެން ހުރި ތަކެތި ބޭނުން ކުރުމުގެ ވާހަކައާއި ނަމާދުކޮށް ދުޢާކުރުމުގެ ވާހަކައެވެ.

ނަމަވެސް އެއާ ޚިލާފަށް ސިހުރުވެރީން ދައްކާނީ ޤުރްްއާނާއި ސުންނަތުން ފެންނަން ނެތް ކަންކަމުގެ ވާހަކައާއި ޖިންނީންގެ ކިބައިން އެހީތެރިކަން ހޯދާ ވާހަކައެވެ. ޝިރުކަށް މަގުފަހިވާ ކަންކަން ކުރަން ބުނެއެވެ. އެމީހުންގެ މަޅީގައި ތާށިވެ އެއިން ކަމެއް ޤަބޫލު ކުރެވިއްޖެ ނަމަ އެމީހެއްގެ އީމާންކަން ގެއްލި މަގުފުރެދިގެން ހިނގައިދާނެއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ސިހުރަކުން ނުވަތަ އެސްފީނާއަކުން ސަލާމަތްވުމަށްޓަކައި މަގެއް ހޯދަން މީހެއްގެ ގާތަށް ދިޔަ ނަމަވެސް އަންހެނަކު ނަމަ އެކަނި ނުދާށެވެ. އަދި ތިބާ ހިމާޔަތް ކުރެވޭނެ މީހަކު އެކުގައި ގެންދިޔުމަށާއި ރައްކައުތެރިކަމަށް އެދި ކިޔަން ޖެހޭ ޒިކުރުތައް ކިޔައި ދުޢާކޮށްގެން ދިއުމަށްވެސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *