ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ރަނގަޅު އެކުވެރިއެއް ހޯދުމަށްޓަކައި އޭނާއާއި އެކީގައި އުޅެނީ ކޮން ކަހަލަ ބައެއްތޯ ބަލަން ޖެހޭ: ޝެއިޚް މައުމޫން

Ragalhu Ekuveri Eh Hoadhumah Takaa Eyna Aa Ekyga Ulheny Kon Kahala Baehtho Balan Jehey: Sheikh Maumoon

ރަނގަޅު އެކުވެރިއެއް ހޯދުމަށްޓަކައި އެންމެ ފުރަތަމަ ވެސް ބަލަން ޖެހޭނީ އޭނާއާއެކީގައި އުޅެނީ ކޮންކަހަލަ ބައެއްކަން ބަލަން ޖެހޭނެ ކަމަށް އައްޝައިޚް އަޙްމަދު މައުމޫން ވިދާޅުވެއްޖެއެވެ.

ޝެއިޚް މައުމޫން މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން އަޅުގަނޑުމެންނަކީ މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބައެއް ކަމުގައިވާއިރު މިކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ﷲ އަށްޓަކައި މީހެއް ދެކެ ލޯބިވުމާއި އަދި ﷲ އަށްޓަކައި މީހެއް ދެކެ ރުޅިވުމެވެ. ﷲ އަށްޓަކައި މީހެއްދެކެ ލޯބިވާނަަމަ ހެޔޮ ކަންކަމަށް އަމުރުކޮށް، މުންކަރާތްތައް ނަހީކޮށް، އަދި ﷲ ތަޢާލާގެ އެއްކައުވަންތަކަން މިބިންމަތީގައި ޤާއިމުކޮށް، ޞާލިޙް ޢަމަލުތައް ކުރުން މަތީގައި ދެމިހުރެ، އެއްބަޔަކު އަނެއް ބަޔަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، މުޞީބާތްތަކުގެ ވަގުތުގައާއި ދަތި އުދަނގޫ ވަގުތުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވާގިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދޭ ބައެއްތޯ   ބަލަންޖެހޭނެ ކަމަށް ޝެއިޚްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ﷲ އަށްޓަކައި މީހަކު ދެކެ ރުޅިވާނަމަ އޭނާއަކީ ޣައިރު މުސްލިމަކަށްވީ ނަމަވެސް ދީނަށް ހަޖޫ ޖަހާ، ދޮގު ވާހަކަތައް ފަތުރާ ހަދާނަަމަ އަދި ނަސޭހަތް ދީގެން ރަނގަޅު ނުވެއްޖެ ކަމުގައި ވާނަމަ އެކުވެރިކަން ދޫކޮށްލުން ހުއްދަވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. މީހާ ވަނީ އޭނާގެ އެކުވެރިއާ އާއި އެކުގައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެންނަކީ މިދުނިޔެ މަތީގައި ރަނގަޅު އެކުވެރީން އިޚްތިޔާރު ކޮށްގެން މިދުނިޔޭގައި އުޅެގެން ﷲ ތަޢާލާގެ ޙަޒްރަތައް ރުޖޫޢަވާނެ ބައެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *