ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުން އިތުރުކުރޭ: މުފްތީ މެންކް

Maai Allah Dheke Hageegathuga Loabivaa Nama Ekalaage Rasoola Ah Thabaavey: Mufthee Menk

ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުން އިތުރުކުރުމަށް ޒިމްބާބްވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ ވިދާޅުވެއްޖެއެވެ.

އެގޮތުން ބަދުރު ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރުގައި 313 ބޭކަލުންނެވެ. އެއިރުގެ ޙާލަތު ހުރިގޮތުން އެހާ ވަރުގަދަ ބޭކަލުންނަށް ނުވި ނަމަވެސް ބާރުހުރި އެއް ހާސް މުޝްރިކުންގެ ލަޝްކަރާއި ކުރިމަތިލުމަށްފަހު މުސްލިމުންނަށް ނަޞްރު ދެއްވެވިއެވެ. އެއީ އުޑުން 3000 މަލާއިކަތް ބޭކަލުން ފޮނުއްވާގެންނެވެ. އަދި މަލާއިކަތްބޭކަލުން ވަނީ މުޝްރިކުންގެ ލޯތަކަށް ދައްކަވާފައެވެ.

މިކަމުން ހާމަވެގެން ދަނީ ކިތަންމެ ބޮޑު މުސީބާތެއް ކުރިމަތި ވެފައިވީ ނަމަވެސް އެމީހެއްގެ ކިބައިގައި 2 ސިފަ ހުރެއްޖެ ކަމުގައި ވާނަމަ ﷲ ތަޢާލާ އެކަމަކުން އެބަޔަކު ސަލާމަތް ކުރައްވާ ނަސްރު ދެއްވަވާނެއެވެ. އެއީ ކެއްތެރިކަމާއި ތަޤްވާވެރިކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ މިއަދު މުސްލިމުންގެ ކިބައިން އެދެ ސިފަ ފެންނަން ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދި ﷲ އަށް ބިރުވެތިވުން އިތުރުކުރުމަށާއި ތަޤްވާވެރިވުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *