ދަރުސް ޚަބަރު ސިހުރުވެރިއެއްގެ ބަސް ޤަބޫލު ކުރުމުން ދެއްވަވާ ޢަޛާބު މާބޮޑުވާނެ: މުފްތީ މެންކް

ސިހުރުވެރިއެއްގެ ބަސް ޤަބޫލު ކުރުމުން ދެއްވަވާ ޢަޛާބު މާބޮޑުވާނެ: މުފްތީ މެންކް

Kan Kan Kaamiyaab Vumah Edhey Nama Mi Sifathakah Visnaalan Jehey: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަލިފަސޭހަވޭތޯ ސިހުރުވެރިއެއްގެ ބަސް ޤަބޫލު ކުރުމުން ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވަވާ ޢަޛާބު، އެބަލިން އަޅާ ވޭނަށްވުރެ އެތައް މިލިއަން ގުނައަކަށް ބޮޑުވާނެކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ ވިދާޅުވެއްޖެއެވެ.

މުފްތީ މެންކްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މީހަކު ބަލިވި ނަމަވެސް ނުވަތަ ކަމަކަށް ބޭނުންވި ނަމަވެސް މުސްލިމުންނަށް އޮތީ ﷲގެ ޙަޟްރަތުގައި ދުޢާކުރުންކަމެވެ. ނުވަތަ އެހެން މީހުން ކައިރި ތިމާއަށް ދުޢާކޮށްދޭން އެދުމެވެ. އަދި ހަމަ އެހެންމެ ކަމެއް މެދުވެރި ވުމުން ސިހުރުވެރިއެއްގެ ގާތަށް ދިޔުން ހުއްދައެއް ނުވާނެ ކަމެވެ.

ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. އަދި އިންސީންގެ ތެރެއިން ފިރިހެން ބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެން ބައެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ:ޖިންނީންނަށް) އެއުރެން (އެބަހީ:އިންސީން) ކާފިރު ކަމާއި ބޮޑާކަން އިތުރުކުރޫއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ބައެއް ސިހުރުވެރީން ހިލޭވެސް ސިހުރު ހަދައިދީފާނެ ކަމަށާއި ނަމަވެސް އެދަމައިގަނެވެނީ ތިބާގެ އީމާންކަން ކަމުގައެވެ. އެހެންކަމުން މުސީބާތްތައް ޖެހުނު ކަމުގައިވިޔަސް އީމާންކަން ވިއްކާނުލުމަށް ނަސޭހަތްތެރި ވެވަޑައިގެންފައިވެއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.