އަރަބިދުނިޔެދިއިސްލާމްދުނިޔެ

ޢީދަކީ ފަޤީރުންނަށް ހެޔޮ ފޯރުކޮށްދިނުމާއި، އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށް ލިބިފައިވާ ފުރުޞަތެއް: މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާ

Eidhaky Faqeerunnah Heyo Foaru kohdhinumaai Ebaimyhunge Hiyythakah Ufaaverikan Genesdhinumah Libifaiva Dhandivalheh: Majmaul Buhoosil Islamiyya

މި ޢީދަކީ ފަޤީރުންނަށް ހެޔޮ ފޯރުކޮށްދިނުމާއި، އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށާއި ރަޙިމުގެ ގުޅުން ބަދަހި ކުރުމަށް ލިބިފައިވާ ފުރުޞަތެއްކަމަށް އަޒްހަރުގެ ދީނީ ޢިލްމު ފަތުރާ މުއައްސަސާ ކަމަށްވާ މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާއިން ވިދާޅުވެއްޖެއެވެ.

މިޢީދު ދުވަހު މުޅި އިސްލާމީ އުއްމަތަށް ޢީދުގެ ތަހުނިޔާ ކިޔުއްވަމުން މަޖުމަޢުލް ބުޙޫޘިލް އިސްލާމިއްޔާ އިން ނެރުއްވާފައިވާ ބަޔާނުގައި މުޅި ޢާލަމަށް ކުރިމަތިވެފައި މިވާ ނުތަނަވަސްކަން ފިއްލެވުމަށާއި، މިބިމުގައިވާ އެންމެހާ މީސްތަކުންނަށް ހެޔޮކަމާއި ބަރަކާތް ޢާއްމު ކޮށްދެއްވުމަށާއި، އިސްލާމީ އަދި ޢަރަބި އުއްމަތަށް މިޢީދަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންވާ ޢީދެއްކަމުގައި ލައްވާތޯ ދުޢާ ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން އަޅުގަނޑުމެންނާއި ބައްދަލުކޮށްފައިވާ މިޢީދަކީ މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމަށާއި، މީސްތަކުންގެ މެދުގައި ސަމާޙާތްތެރިކަން ފެތުރުވުމަށް އޮތް ރިވެތި ފުރުޞަތެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މަޖްމަޢުގެ އަމީން ޢާއްމު ކަމުގައިވާ ދުކްތޫރު ޢިޔާދު ނަޡީރު ވިދާޅުވެފައިވާ ގޮތުގައި މިޢީދުލް އަޟްޙާ އުއްމަތަށް އައިސްފައިމިވަނީ މުޅި ޢާލަމުވެސް ތަފާތު ކަންތައްތަކަކާއި ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން އެންމެންވެސް މިދަނޑިވަޅުގައި އިޖްތިމާޢީ މަސްއޫލިއްޔަތެއް ވާކަމާއި، މީސްތަކުންގެ ފުރާނަތައް ރައްކާތެރި ކުރުމަށްޓަކައި އެންމެން އެކުއެކީ ވާގިވެރިވާޖެހޭ ކަމުގެ ޝުޢޫރު ދަމަހައްޓަން ޖެހެއެެވެ.

އަދި ހަމަ މިއާއިއެކު މިޢީދަކީ ރަޙުމު ކުރުމާއި، ސަމާހާތްތެރިކަމާއި، މަޙައްބަތާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ދަނޑިވަޅުކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ހަމަ މިފަދައިން މިއީ ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވެ، އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވައްދަދޭންވީ ވަޤުތުކަމަށާއި، އަދި ހަމަ އެފަދައިން އިޖްތިމާޢީ ބަދަހިކަމުގެ ރޫޙު އެބައިމީހުންނަށް ފޯރުކޮށްދީ، އެބައިމީހުންނާއި ހަމައަށް ފަތުރަދޭންވީ ވަޤުތުކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދުކްތޫރުގެ ބަޔާނުގައި މިޢީދަކީ މުއްސަނދިންނަށާއި އެކަމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނަށް ހޭދަކުރުމަށާއި، މީސްތަކުންނަށް ކާންދިނުމަށާއި، މުހުތާދު ޖެހިފައިތިބި ހޯދާ، އެބައިމީހުންގެ ޙާޖަތްތައް ފުއްދައިދިނުމުގެ ވަޤުތުކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެއީ އިސްލާމްދީނުގައި ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ އިންސާނީވަންތަކަމާއި، ފަޤީރުންގެ އިޙްސާސުތައް ދަތުމާއި، އެބައިމީހުންގެ ޙާލު ބެލުމާއި، އެބައިމީހުންގެ އަގުވަޒަންކުރުމާއި، އަދި މުޅި މުޖްތަމަޢުވެސް އެބައިމީހުންނަށް އަހައްމިއްޔަތުކަން ދިނުން ފަދަ ދީނުގައިވާ އިންސާނިއްޔަތުގެ މާނަ ދޭހަކޮށްދޭ ކަންކަން ދައްކުވައިދޭ ކަމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *