ދަރުސް ޚަބަރު ޙައްޖު ދުވަސް ބައްދަލުކޮށްފިނަމަ ހެޔޮ ކަންކަން ކުރުން ގިނަ ކުރަން ޖެހޭ: ޝެއިޚް އިބްރާހީމް ރަޝީދް

ޙައްޖު ދުވަސް ބައްދަލުކޮށްފިނަމަ ހެޔޮ ކަންކަން ކުރުން ގިނަ ކުރަން ޖެހޭ: ޝެއިޚް އިބްރާހީމް ރަޝީދް

Emyhegge Umuru Heyo Gothuga Heydha Koffi Kamuga Vaanama Ufalaa Hih Hama Jehun Libeyne: Sheikh Ibrahim Rasheedh

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖު ދުވަސް ބައްދަލުކޮށްފިނަމަ ހެޔޮ ޢަމަލު ކުރުން ގިނަ ކުރަން ޖެހޭނެ ކަމަށް ޝެއިޚް އިބްރާހީމް ރަޝީދް ޙަސަން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިބްރާހީމް ރަޝިދް މިހެން ވިދާޅުވެފައި ވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ޕޭޖުން ލައިވް ކުރި ދަރުސެއްގައެވެ.

ޝެއިޚް އެންމެ ފުރުތަމަވެސް ވިދާޅުވެފައިވަނީ ޙައްޖު ދުވަހު ކުރުން އެންމެ މުހިއްމު ކަމަކީ ރޯދަ ހިފުން ކަމަށެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ޢަރަފާތް ދުވަހުގެ ރޯދަ ހިފުމުގެ ސަބަބުން ފާއިތުވެ ދިޔަ މަހާއި ފާއިތުވެ ދިޔަ އަހަރާއި އަދި ކުރިއަށް އަންނާން އޮތް އަހަރުގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި އެރޯދަ ވެގެން ދާނެ ކަމުގައެވެ.

ދެވަނަ ކަމަކަށް ޝެއިޚް ފާހަގަކުރައްވާފައި ވަނީ ﷲ އަށް ދުޢާ ދެންނެވުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙައްޖު ދުވަހުގައި އަޅުގަނޑުމެން ކުރާނެ ދުޢާއާއި ބެހޭ ގިޮތުން ޙަދީޘް ކުރައްވާފައި ވެއެވެ. އެނެމެ ހެޔޮ ދުޢާ އަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ.

ތިންވަނަ ކަމަކަށް ވިދާޅުވެފައި ވަނީ ގިނަ ގިނައިން ޤުރްއާން ކިޔެވުމާއި ﷲ ގެ މަގުގައި ޞަދަޤާތް ކުރުމުވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމާލަމުން ދުޢާ ކުރެއްވީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާ ހެޔޮ ޢަމަލު ކުރުމުގައި އެއްވެސް ފޫހި ކަމެއް ނެތި ވަރުބަލި ކަމެއް ނެތި ﷲ ތަޢާލާއަށް އަޅުކަން ކުރާނެ ބަޔަކު ކަމުގައި ލެއްވުމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.