ދީން ޝިރުކު ނުކުރާނަމަ، ބިންފުރޭހާ ފާފަ ކުރިޔަސް ﷲ ފުއްސަވާދެއްވާނެކަމަށް ޙަދީޘުގައި ވާރިދުވެގެންވޭ: ޝައިޚު ނާޒިހް

ޝިރުކު ނުކުރާނަމަ، ބިންފުރޭހާ ފާފަ ކުރިޔަސް ﷲ ފުއްސަވާދެއްވާނެކަމަށް ޙަދީޘުގައި ވާރިދުވެގެންވޭ: ޝައިޚު ނާޒިހް

Shiruku Nukuraanama, Bin Fureyha Faafa Kuriyas Allah Fussavadhehvaane Kamah Hadithga Vaaridhuvegen Vey: Sheikh Nazih

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝިރުކު ނުކުރާހާ ހިނދަކު، ބިންފުރޭހާ ފާފަ ކުރިޔަސް ﷲ ފުއްސަވާދެއްވާނެ ކަމަށް ޙަދިޘުގައި ވާރިދުވެގެންވާ ކަމަށް ޝައިޚު ނާޒިހު ވިދާޅުވެއްޖެއެވެ.

އައްޝައިޚު އަޙްމަދު ނާޒިހް މިހެން ވިދާޅުވެފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމުރާއިން ރޭގައި ބާއްވަވާފައިވާ ދަރުސެއްގައި، ދީން މަތީގައި ޘާބިތުވެ ހުރުމަށް އިސްތިޣުފާރު ކުރުމުގެ މުހިއްމުކަމާއި މެދު ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިޚު ނާޒިހު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ މީހަކީވެސް ފާފަ ކުރެވޭ މީހެކެވެ. އެހެނަސް ކޮންމެ ފާފައެއް ކުރެފައިވިޔަސް، މާތް ﷲ ގެ ޙަޟްރަތުގައި އެ ފާފަ ފުއްސެވުމަށް އެދެފިނަމަ، އެކަލާނގެ އެފާފަ ފުއްސަވާދެއްވާނެއެވެ.

ހަމަ އެފަދައިން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަކީ ފާފަތަކުން މަޢުޞޫމު ކުރައްވާފައިވާ، އިސްވެގޮސްފައިވާ އެންމެހާ ފާފަތައް ފުއްސަވާ ދެއްވާފައިވާ އިރުވެސް، އެކަލޭގެފާނު ދުވާލަކު 70 ފަހަރު، އަދި އަނެއްބައި ރިވާޔަތްތަކުގައި 100 ފަހަރު އިސްތިޣުފާރު ކުރައްވާކަމަށް ރިވާވެގެންވާ ކަމަށް ޝައިޚު އިޝަރާތް ކުރައްވާފައިވެއެވެ.

ޝައިޚު ވިދާޅުވެފައިވެއެވެ. މާތް ﷲ ތަޢާލާ، ޤުދުސީ ޙަދީޘެއްގައި ޥަޙީ ކުރައްވާފައިވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ. ތިބާ، ތިމަން ﷲ ގެ ޙަޟްރަތަށް ބިން ފުރޭހާ ފާފަތަކައިގެން އައިކަމުގައިވީ ނަމަވެސް، ތިމަން ﷲ އަށް ޝިރުކު ނުކުރާ ކަމުގައިވާ ނަމަ، ތިމަންރަސްކަލާނގެ އެމިންވަރަށް (ބިންފުރޭހާ މިންވަރަށް) މަޣުފިރަތާއިގެން ތިމަން ﷲ ތިބާއާއި ބައްދަލު ކުރައްވާހުށީމެވެ."

މިދަރުސް އަޑުއެއްސެވުމަށް މިލިންކަށް ވަންނަވާ!

ޓެގް

ދީން މަތީގައި ޘާބިތުވުން އިސްތިޣުފާރު ކުރުން ތައުބާވުން ޤިބްލަ ހައްޖު އެންޑް ޢުމްރާ ޝައިޚު ނާޒިހު ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.