ދަރުސް ޚަބަރު ޙައްޖުގެ ވިލޭރޭގެ ޚާއްޞަ ދަރުސް؛ ޤިބްލަ ޙައްޖު އެންޑް ޢުމުރާގެ ފަރާތުން!

ޙައްޖުގެ ވިލޭރޭގެ ޚާއްޞަ ދަރުސް؛ ޤިބްލަ ޙައްޖު އެންޑް ޢުމުރާގެ ފަރާތުން!

Hajju Vileyreyge Khassa Dharus; Qibla Hajj and Umrage Faraathun

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިރޭ ޤިބްލަ ޙައްޖު އެންޑް ޢުމުރާގެ ފަރާތުން ޙައްޖު ދުވަހާއި ގުޅޭ ޚާއްޞަ ދަރުސްތަކެއް ގެނެސްދީފިއެވެ.

މިގޮތުން ރޭގެ ދަރުސްތަކުގައި ބައިވެފައިވަނީ އައްޝައިޚު އަޙްމަދު މައުމޫނާއި، އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަނާއި، އައްޝައިޚު އަޙްމަދު ނާޒިހާއި، އައްޝައިޚު މުޙައްމަދު އަނީލެވެ.

ފޭސްބުކް މެދުވެރިކޮށް ބޭއްވި މިދަރުސްތަކުގައި ފުރަތަމަ ވާހަކަފުޅު ދެއްކެވީ އައްޝައިޚު އަޙްމަދު މައުމޫނެވެ. އެއީ ރޭ 8:30 ގައި، "ޢަރަފާތް ދުވަހުގެ މާތްކަން" މިމައުޟޫޢަށެވެ. އެއަށްފަހު ދަރުސް ދެއްވީ އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަނެވެ. އެއީ "ޙައްޖު ދުވަހު ކުރަންވީ ކޮންކަމެއް؟" މިމައުޟޫޢަށް ރޭ 9:00 ން ފެށިގެންނެވެ. ތިންވަނައަށް ދަރުސް ދެއްވީ ރޭ 9:30 ގައި އައްޝައިޚު ނާޒިހެވެ. ޝައިޚު ދަރުސް ދެއްވީ "ދީން މަތީގައި ޘަބިތުވުން" މިމައުޟޫޢަށެވެ. އަދި ރޭ އެންމެ ފަހުން ދަރުސް ދެއްވާފައިވަނީ އައްޝައިޚު އަނީލެވެ. އެއީ "މިފުރުޞަތު ނަގާނުލާ!" މިމައުޟުޢަށެވެ.

މިދަރުސްތައް ޤިބްލަ ޙައްޖު އެންޑް ޢުމުރާގެ ފޭސްބުކް ޞަފްޙާއިން ލައިވްކޮށްފައިވާއިރު ޙައްޖުގެ އަޅުކަން ކުރިއަށް ގެންދާއިރު މިފަދަ ދަރުސްތަކެއް ކުރިއަށް ގެންދިއުމަށް އެކުންފުނީން ވަނީ ނިންމާފައިއެވެ. މިދަރުސްތައް ތިރީގައިވާ ލިންކުތަކުން ފެނިވަޑައިގަންނަވާނެއެވެ.

 

ޓެގް

ދަރުސް ޚަބަރު ޤިބްލަ ޙައްޖު އެންޑް ޢުމްރާ ދިއިސްލާމް ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.