ދަރުސް ޚަބަރު މިރޭ އައްޝައިޚު ޢަބްދުއްސަލާމްގެ މުޅިން އާ ދަރުހެއް؛ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަތުރުފުޅު

މިރޭ އައްޝައިޚު ޢަބްދުއްސަލާމްގެ މުޅިން އާ ދަރުހެއް؛ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަތުރުފުޅު

Mirey Sheikh Abdul Salamge Mulhin Aa Dharuheh; Maiy Nabiyya Sallallah Alaihi Wasallamage Dhathurufulhu

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚު ޢަބްދުއްސަލާމް ބިން ދާވޫދުގެ މުޅިން އާ ދަރުހެއް މިރޭ 9:00 ގައި ޖަމްޢިއްޔަތުއް ސަލަފުން ލައިވް ކުރައްވާނޭ ކަމަށް އެޖަމްޢިއްޔާއިން އިޢުލާން ކުރައްވައިފިއެވެ. (އިން ޝާއަ ﷲ)

ފޭސްބުކް ލައިވް މެދުވެރިކޮށް ޢާއްމުންނާއި ހަމައަށް ވަޤުތުން ގެނެސްދެއްވުމަށް ހަމަޖެހިފައިވާ މިދަރުހަކީ މި އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ން 8 ކަށް (22-29 ޖުލައި 2020) ކޮންމެ ރެއަކު ރޭގަނޑު 9:00 އިން 9:30 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަރުސް ތަކެކެވެ.

ޖަމްޢިއްޔަތުއް ސަލަފުގެ ސައިޓުގައި އެބޭފުޅުން ޢާއްމު ކުރައްވާފައިވާ ގޮތުގައި ގެނެސްދެއްވުމަށް ހަމަޖެހިފައިވަނީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙައްޖަށް ނިކުންނެވި ގޮތާއި، އެކަލޭގެފާނު ދަތުރުފުޅު ކުރެއްވި ވަޤުތާއި މަޑު ކުރެއްވި ތަންތަނާއި، އަދި ހަމަ މިފަދައިން އިތުރު އެކަލޭގެފާނު ޙައްޖު ކުރެއްވި ގޮތާއި، އެ ޢަމަލުފުޅުތަކުން ލިބޭ ފިޤްހީ ފައިދާތަކަށެވެ.

"މި ސިލްސިލާއަކީ މި އަހަރުގެ ބަރަކާތްތެރި ޙައްޖުމަހުގެ އެންމެ މާތްދުވަސްތަކުގައި ކައުއިތުރު ނަބިއްޔާ- صلى الله عليه وسلم- ގެ މަތިވެރި ޙައްޖު ދަތުރުފުޅު އަޅުގަނޑުމެން ދެނެގަތުމަށް ބާއްވާ ދަރުސްތަކެއް. އެހެން އަހަރު ތަކާއި ޚިލާފަށް މި އަހަރު ޙައްޖަށް އަޅުގަނޑުމެންނަށް ނެތް ދެވޭކަށް . އެހެންވީމާ މި ސިލްސިލާއިން ޙައްޖާއި ބެހޭ އެތަށް ހަނދާންތަކާއި އަދި ފައިދާހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަނީ." އެބޭފުޅުން ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ބާއްވަވާ މިދަރުހާއި، އަދި އެހެނިހެން ދީނީ ނަޞޭޙަތްތައް އަޑުއެއްސެވުމަށް (މިލިންކުން) އެޖަމްޢިއްޔާގެ ފޭސްބުކް ޞަފްޙާއަށް ވަންނަވާ!

ޓެގް

ޝައިޚު ޢަބްދުއްސަލާމް ސިލްސިލާ ދަރުސް ދަރުސް ޚަބަރު ދިއިސްލާމް ދީން ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.