ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ﷲ ތަޢާލާގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލާ: ޝެއިޚް ޙަލީމް

Allah Thalaa Ge Rahmathun Ummeedhu Kadaa Nulaa: Sheikh Haleem

ﷲ ތަޢާލާގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލުމަށް ޝެއިޚް މުހައްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.

ޝެއިޚް ޙަލީމް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެނަދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚްގެ ވާހަކައިގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެން އެންމެންނަކީވެސް ފާފަކުރެވޭ ބައެއް ކަމަށެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވަނީ ކަލޭގެފާނު ވިދާޅުވާށެވެ. އޭ އެބައެއްގެ ނަފްސުތަކުން ފާފަ ކުރުމުގެ ސަބަބުން އިސްރާފް ކޮށްފައިވާ ތިމަން އިލާހުގެ އަޅުންނެވެ. ތިޔަބައިމީހުން ﷲ ތަޢާލާގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ހުރިހާ ފާފައެއް ފުއްސަވާ ދެއްވާނެއެވެ. އެއިލާހަކީ ގިނަ ގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ އަޅުގަނޑުމެން ފާފަ ކުރުމަށްޓަކައި އެޅޭ ބާރަކަށް ހަދައިގެން ނުވާނެއެވެ.އެހެނެއް ކަމަކު އެއީ އަވަހަށް ތައުބާވެ ﷲ ތަޢާލާގެ ޙަޒްރަތަށް ރުޖޫޢަވުމަށް ލިބޭ ބާރެއް ކަމުގައި ހަދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޤުދުސީ ޙަދީޘެއްގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާ ކަމުގައި ވެއެވެ. އާދަމުގެ ދަރިޔާއެވެ. ތިބާ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ދުޢާކުރާހާ ހިދަކު ތިމަން އިލާހު ތިބާގެ ހުރިހާ ފާފައެއް ފުއްސަވާ ދެއްވާނަމެވެ. އަދި ތިބާއަށް ކުރެވިފައިވާ ފާފަތަކާއި މެދު ތިމަން އިލާހުގެ ހަޡްރަތުގައި ފަރުވާލެއް ނެތެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އަޅުގަނޑުމެން އެއްވެސް މީހަކަށް މަރު އައިސް ބައްދަލުކުރާނީ ކޮން އިރަކު ކަމެއް ނޭނގޭނޭ ކަމުގައެވެ. އެހެންކަމުން އަވަހަށް ތައުބާވެ ﷲގެ މަގަށް ރުޖޫޢަވާން ޖެހެއެވެ. އެއިރުން ތިބާއަށް އެއީ ކިތަންމެެ ގިނަ ފާފައެއް ކުރެވިފައި ހުރި މީހެއް ކަމުގައިވިޔަސް ﷲ ތަޢާލާ އެފާފަތައް ފުއްސަވާދެއްވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *