ދަރުސް ޚަބަރު އަނިޔާ ލިބިފައިވާ މީހާގެ ދުޢާ ﷲ ސުބްހާނަހޫ ވަތަޢާލާ އިޖާބަ ކުރައްވަވާނެ: ޝެއިޚް ޝަމްޢޫން

އަނިޔާ ލިބިފައިވާ މީހާގެ ދުޢާ ﷲ ސުބްހާނަހޫ ވަތަޢާލާ އިޖާބަ ކުރައްވަވާނެ: ޝެއިޚް ޝަމްޢޫން

Zuvaan Dhuvas Varu Heyo Amalu Kurun Mathee Dhemi Hurumah Masakkai Kurumakee Varah Muhimmu Kameh: Sheikh Shamoon

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަނިޔާ ލިބިފައިވާ މީހާގެ ދުޢާ ﷲ ސުބްހާނަހޫ ވަތަޢާލާ އިޖާބަ ކުރައްވަވާނެ ކަމަށް އައްޝައިޚް މުޙައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝަމްޢޫން މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދިވެސް ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުން މީހުން އެބަިމީހުންގެ އަމިއްލަ ޤައުމާއި ޢާއިލާ ދޫކޮށް އައިސް ބުރަ މަސައްކަތް ކުރާއިރުވެސް އެބައިމީހުންނަށް ދޭންޖެހޭ ކުޑަ ކުޑަ އުޖޫރަ ނުދޭ ކަމެވެ. މިއީ ވެސް އެބައިމީހުންނަށް ދެވޭ އަނިޔާއެއް ކަމެވެ.

އެބައި މީހުން މިބުރަ މަސައްކަތް ކުރަމުންދާއިރުވެސް އެމީހުންނަށް ލިބެންޖެހޭ އުޖޫރަ އަޅުގަނޑުމެން ނުދޭކަމަށް ވާނަމަ މާދަމާ ޤިޔާމަތް ދުވަހު ﷲގެ ޙަޒްރަރުގައި ދޭނީ ކޮން ޖަވާބެއްތޯއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުން މީހަކު ލައްވާ އުޖޫރައަށް މަސައްކަތް ކުރުވުމަށްފަހު އޭނާގެ ގައިން އޮހޮރޭ ދާ ހިކުމުގެ ކުރީން ތިޔަބައިމީހުން އޭނާއަށް ޙައްޤުވާ ބައި އޭނާގެ އުޖޫރަ އޭނާއަށް ދޭށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެހެންކަމުން އަޅުގަނޑުމެން ﷲ ތަޢާލާއަށް ބިރުވެތިވެ މަސައްކަތްތެރީންނަށް ދޭންޖެހޭ އުޖޫރަ ދިނުމަށް ވަރަށް ބޮޑު އަހައަމިއްޔަތުކަމެއް ދޭން ޖެހެއެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.