ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޖަމްޢިއްޔަތުއް ސަލަފްގެ މިރޭގެ ޕްރޮގްރާމުގެ މައުޟޫޢު "ރޭޕްކުރުން ހުއްޓުވާނީ ކިހިނެއް؟"

Jamiyyath Salafge Mireyge Programge Mauloo "Rape Kurun Huttuvaany Kihineh?"

ޖަމްޢިއްޔަތުއް ސަލަފުން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ޕްރޮގްރާމެއް ކަމަށްވާ އިސްލާމީ ވެށީގެ މިރޭގެ މައުޟޫޢަކީ "ރޭޕްކުރުން ހުއްޓުވާނީ ކިހިނެއް؟" ކަމަށް އެޖަމްޢިއްޔާއިން އިޢުލާން ކުރައްވައިފިއެވެ.

މިރޭ 10:00 އިން 11:00 ފޭސްބުކްގައި ވަޤުތުން ލައިވް ކުރުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ އިސްލާމީ މުޖްތަމަޢެއް ބިނާވާ އަސާސްތަކާއި، އެފަދަ މުޖްތަމަޢެއްގެ އަސާސީ ޞިފަތައް ދަސްކުރުމާއި އެކު، އެޞިފަތައް މުޖްތަމަޢުގައި އަށަގަންނަވަން، ފަރުދީ ގޮތެއްގައި، އަދި ޖަމަޢީ ގޮތެއްގައި ކުރެވޭނެ މަސައްކަތްތައް އުނގަންނަވާ ދެއްވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދަވާ ސިލްސިލާ ޕްރޮގްރާމެއްގެ ދެވަނަ އެޕިސޯޑެވެ.

މިޕްރޮގްރާމަކީ އެކި ކަންކޮޅުތަކުގައި ތިއްބެވި ޝައިޚުންނާއި އެކީ ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިހެންކަމުން މިރޭގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވަނީ ސަޢުދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅުން ކަމަށްވާ ޝައިޚު ސަމީރާއި، ޝައިޚު ޙަސަން މޫސާ ފިކްރީއާއި، ޝައިޚު ޣާލިބާއި، މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ކުއްލިއްޔަތުލް ހަދީޘުން ތަޢުލީމު ޙާޞިލު ކުރެއްވި ޝައިޚު ޢަބްދުއްސަލާމް ދާވޫދެވެ

މިޕްރޮގްރާމު މިލިންކު މެދުވެރިކުރައްވާ އަޑުއެއްސެވޭނެއެވެ. (އިން ޝާއަ ﷲ).

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *