ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މިދުނިޔޭގެ ޙަޔާތަކީ ވަގުތީ އުފަލެއް ދޭއެއްޗެއް: ޝެއިޚް ޙަލީމް

Budhiveri Aky Fithuna Thakun Rakkatheri Vumattakaa Alhan Jehey Fiyavalhuthah Alhagen Ulhey Myhaa: Sheikh Haleem (2 Vana Bai)

މިދުނިޔޭގެ ޙަޔާތަކީ ވަގުތީ އުފަލެއް ދޭއެއްޗެއް ކަމުގައި އައްޝައިޚް މުހައްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.

މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ ﷲ ސުބްހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ދުނިޔޭގެ ޙަޔާތަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭއެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަ އެހެންމެ ދުނިޔޭގައި އުޅޭއިރު އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަކީ ދުނިޔޭގައި އުޅެން ޖެހޭނީ ބީރައްޓެއްސެއް ފަދައިން ނުވަތަ މަގެއް ހުރަސް ކުރަމުން ދާ މީހެއް ފަދައިންކަމެވެ. އެއީ އޭނާ ދާންޖެހޭ އަސްލު މަންޒިލް އޭނާގެ ކުރިމަތީގައި އޮތްކަމެވެ.

މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިބާ ދުނިޔޭގައި ބީރައްޓެއްސެއް ފަދައިން ނުވަތަ މަގެއް ހުރަސް ކުރާ މީހެއް ފަދައިން ވާށެވެ. އެހެންކަމުން ދުނިޔޭގައި އުޅޭއިރު ހަނދާން ކުރަން ޖެހޭނެ ކަމަކީ މިއީ އާޚިރަތަށް ކުރާ ދަތުރުގައި އަޅުގަނޑުމެން މަޑުކޮށްލާ މަޑުކޮށްލުމެއްކަމަށާއި އާޚިރަތުގެ ނިޢުމަތް ހޯދުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޝެއިޚްގެ ވާހަކަ ނިންމަވާލައްވަމުން އާޚިރަތުގެ އުފާވެރިކަމާއި ބާއްޖަވެރި ޙަޔާތެއް ހޯދުމަށް މަސައްކަތް ކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *