ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މަޢާފު ކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާ ކަމެއް: މުފްތީ މެންކް

Maaf Kurumakee Dhemafirin Ge Medhuga Loabi Ithuruvaa Kameh: Mufthi Menk

މަޢާފް ކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާ ކަމެށް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އިންސާނުންނަށް ކުށް ކުރެވުނު ކަމުގައި ވިޔަސް އިޚްލާސްތެރި ކަމާއެކު ތައުބާ ވެއްޖެނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެފާފައެއް ފުއްސަވާނެކަމުގައެވެ. އެހެންކަމުން އަދި ޚާއްސަކޮށް ދެމަފިރިން އެކަކު އަނެކަކަށް މަޢާފު ކުރަން ޖެހޭނެ ކަމަށެވެ. އަދި ދީލަތިކަމާއެކު މަޢާފު ކޮށް ދެވަނަ ފުރުސަތެއް ދިފިނަމަ ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިވެ އިތުބާރުވެސް އުފެދިގެން ދާނެ ކަމުގައެވެ.

އަދި ހަމަ އެހެންމެ ﷲ ސުބްހާނަހޫ ވަތަޢާލާ ވަހީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއް، ޙައްޤު ގޮތުގައި މެނުވީ ނުހައްދަވަމެވެ. އަދި ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ.

ދެމަފިރިން ދޭތެރޭ ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ދެމަފިރިން އެކަމާ މަޝްވަރާ ކުރަންޖެހެއެވެ. އެއަށްފަހު ޙައްލެއް ނުފެނިއްޖެނަމަ ޢާއިލާގެ މެދުގައި މަޝްވަރާ ކުރާނީއެވެ. ދެން ޙައްލު ނުވެއްޖެނަމަ އިތުބާރުކުރެވޭ ގާތް މީހުން މެދުވެރިކޮށްގެން ޙައްލުކުރަން މަސައްކަތް ކުރާނީއެވެ. ވަރިއާއި ހަމައަށް ދާންޖެހޭނީ އެހުރިހާ މަރުހަލާތަކަކަށް ފަހުގައި ކަމުގައެވެ.

ނިންމާލަމުން ޝެއިޚް ވިދާޅުވީ މަޢާފު ކުރުމަށް ފަހުގައިވެސް އެވާހަކަ އަލުން ދައްކައިގެން ނުވާނެ ކަމަށާއި ﷲ ސުބްހާނަހޫ ވަތަޢާލާ މީސްތަކުންނަށް މަޢާފު ކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ކަމުގައެވެ. އެހެންކަމުން ﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *