ދަރުސް ޚަބަރު އަޅުގަނޑުމެން އިޚްތިޔާރުކުރާ އެކުވެރިންނަކީ ތަޤްވާވެރިން ކަމުގައި ވާންޖެހޭ: ޝެއިޚް ޣާލިބް

އަޅުގަނޑުމެން އިޚްތިޔާރުކުރާ އެކުވެރިންނަކީ ތަޤްވާވެރިން ކަމުގައި ވާންޖެހޭ: ޝެއިޚް ޣާލިބް

Rape Kurun Huttuvumah Takaa Mainbafain Ge Zimma Varah Bodu: Sheikh Ghalib

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެން އިޚްތިޔާރުކުރާ އެކުވެރިންނަކީ ތަޤްވާވެރިން ކަމުގައި ވާންޖެހޭނެ ކަމުގައި އައްޝައިޚް މުހައްމަދު ޣާލިބު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޣާލިބު މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބް ފައުންޑޭޝަނުން ބާއްވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވެފައި ވަނީ އެކުވެރިން އިޚްތިޔާރު ކުރުމުގައި ތަޤްވާވެރިއަކު އިޚްތިޔާރު ކުރުމުގެ ސަބަބުން ދީނަށް އުޅުމަށް އިތުރަށް ހިތްވަރެއް ލިބިގެންދާނެ ކަމަށާއި އަދި ހަމަ އެހެންމެ އަޅުގަނޑުމެން ބަލިކަށިވާ ދުވަހު ހިތްވަރުދީ ސުވަރުގެ ދާނެ މަގެއް ކަމުގައި އެ އެކުވެރީން ވެގެން ދެއެވެ. މީގެ އިތުރުން ﷲ ސުބްހާނަހޫ ވަތަޢާލާ ވަހީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. ދުނިޔެ މަތީގައި ތަޤުވާވެރިވި މީހުން ފިޔަވައި އެންމެ ގާތް އެކުވެރީންނަކީ ޤިޔާމަތް ދުވަހުން އެންމެ ބޮޑެތި ޢަދާވާތްތެރީންނަށް ވާނެއެވެ.

ނަމަވެސް އަޅުގަނޑުމެން ނުބައި އެކުވެރީން އިޚްތިޔާރު ކޮށްފިނަމަ ރަނގަޅަށް އުޅެން މަސައްކަތް ކުރާ މީހަކަށްވެސް އޭނާ އެރަނގަޅު ގޮތުން އެއްކިބާވެވި އެކަމުގެ ސަބަބުން ނަރަކަ އަށް ވަންނަން ޖެހިދާނެއެވެ. އަދި ހަމަ އެހެންމެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވި ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. މީހާ ވަނީ އޭނާގެ އެކުވެރިޔާގެ ދީން މަތީގައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމާލެއްވީ އަޅުގަނޑުމެންނަކީ ހެޔޮ އެކުވެރީން އިޚްތިޔާރު ކުރާ ބައެއް ކަމުގައި ލެއްވުމަށް ދުޢާކުރައްވަމުންނެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.