ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ހެޔޮ ޢަމަލުގެ މަތީގައި ޘާބިތުވެ ހުރުމަކީ ވަރަށް މުހިއްމު ކަމެއް: ޝެއިޚް އިބްރާހީމް ރާފިއު

Heyo Amaluge Mathyga Saabithuve Hurumakee Varah Muhimmu Kameh: Sheikh Ibrahim Raafiu

ހެޔޮ ޢަމަލުގެ މަތީގައި ޘާބިތުވެ ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝެއިޚް އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް ރާފިޢު މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންދޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ﷲ ޞުބްހާނަހޫ ވަތަޢާލާގެ ޙަޒްރަތުގައި އެންމެ ލޮބުވެތި ވެގެންވާ ޢަމަލަކީ އެޢަމަލެއްގެ މަތީގައި މީހާ ސާބިތު ވެގެން ހުންނަ ޢަމަލެވެ. އެއީ ކިތަންމެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް މެއެވެ.އެހެންކަމުން މިހަދީޘުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ އަޅުގަނޑުމެން ހެޔޮ ޢަމަލެއްގެ މަތީގައި ސާބިތު ވުމުގެ މުހިއްމު ކަމެވެ.

އަދިވެސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ރޯދައަށް ބަލައިފިނަމަ ހޯމަ އަދި ބުރާސްފަތި ދެ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. އަދި ދެދުވަހުން އެއްދުވަހު ވެސް ރޯދަ ހިފޭނެއެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނަން ޖެހޭނީ ޙާލަތު ނިޔާ ކުރާ ގޮތުން އެކަމުގައި ދެމި ހުރުމަކީ އުދަނގޫ ކަމެއް ކަމުގައި ވާނަމަ އަޅުގަނޑުމެން ދެމި ހުރެވޭ ކަހަލަ ގޮތަކަށް ޢަމަލު ކުރުން ކަމަށެވެ.

ނިންމާލަމުން ވިދާޅުވެފައި ވަނީ އެގޮތަށް ޢަމަލުކޮށްފިނަމަ ﷲގެ ލޯބިވޮޑިގަތުން ޙާސިލުވެ އަދި އެކަމުގެ ޘަވާބާއި ދަރުމަ އަޅުގަނޑުމެންނަށް ޙާސިލު ވެގެންދާނެކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *