ދަރުސް ޚަބަރު ވަގުތަކީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މުހިއްމު ނިޢުމަތެއް: ޝެއިޚް ތައްޔިބް

ވަގުތަކީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މުހިއްމު ނިޢުމަތެއް: ޝެއިޚް ތައްޔިބް

Sihuru Jehidhaane Kamah Rakkatheri Kamuge Fiyavalhu Elhun Muhimmu: Sheikh Thayyib (2 Vana Bai)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވަގުތަކީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މުހިއްމު ނިޢުމްތެއް ކަމަށް އައްޝައިޚް މުހައްމަދު ތައްޔިބު ވިދާޅުވެއްޖެއެވެ.

ޝެއިޚް ތައްޔިބު މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ އަޅުގަނޑުމެންނަށް މިނިޢުމަތް ގިނަފަހަރަށް ބޭކާރު ކުރެވެމުން ދަނީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތިއެވެ. ބައެއް ފަހަރަށް ނަމާދާއި ފަރްޟު އަޅުކަންތައް ދޫކޮށްލުމަށް ފަހު ދުނިޔެވީ ކަންކަމުގައާއި ކުޅިވަރާއި މޖަލުގައި ވަގުތުތަށް ހޭދަ ކުރެއެވެ. މުޅި ރޭ ދުވާލު ސޯޝަލް މީޑިއާގައި ހޭދަ ކުރެއެވެ.

އަދި އިތުރަށް ވިދާޅުވީ އަޅުގަނޑުމެން މި ބޭކާރު ކޮށްލާ ދުވަސްތަކާއި، އަހަރުތަކާއި، މައްސަރުތައް އަޅުގަނޑުމެންނަށް ޤިޔާމަތް ދުވަހުން ސިފަ ކުރެވޭނީ ވަރަށް މަދު ދުވަސްކޮޅެއްގެ ގޮތުގައި ކަމަށާއި އެދުވަހުން އަޅުގަނޑުމެން އެދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުނު ނަމަ ކިހާ ރަނގަޅުވީސް ހޭ ހިތަށް އަރާނޭ ކަމަށެވެ.

އަދި ހަމަ އެހެންމެ ﷲ ތަޢާލާ ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުން މިދުނިޔެ މަތީގައި ހޭދަކުރީ ކިތަށް އަހަރުތޯ އެބައިމީހުންނާއި ސުވާލު ކުރެވޭނެއެވެ. އެބައިމީހުން ބުނާނެއެވެ. ތިމަންމެން ހޭދަކުރީ އެއްދުވަހެވެ. ނުވަތަ އެއް ދުވަހާއި އެއް ބައެވެ. އަދަދު ކުރާ މީހުން ނުވަތަ އެކަމުގެ މަޢުލޫމާތު ލިބިފައި ހުރި މީހުންނާއި ސުވާލު ކުރަން އެދުވަހުން އެބައިމީހުން އެދޭނެއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ނަސޭހަތްތެރި ވެވަޑައިގެންފައި ވަނީ އަޅުގަނޑުމެން އަޒުމާއި ހިތްވަރާއެކު މިދުވަސްތަކުގެ ބޭނުން ﷲ ރުހިވޮޑިގެންވާ ގޮތުގައި ހޭދަ ކުރެވޭތޯ މަސައްކަތް ކުރުމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.