ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

އަޅުގަނޑުމެން ކައިރިއަށް މަރު އަންނަންދެން ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި ދެމި ހުންނަން ޖެހޭ: ޝެއިޚް ޝިހާމް

Alhugadumen Kairiah Maru Annan Dhen Allah Thaalaa Ah Alhukan Kurumugai Dhemi Hunnan Jehey: Sheikh Shihaam

އަޅުގަނޑުމެން ކައިރިއަށް މަރު އަންނަންދެން ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި ދެމި ހުންނަން ޖެހޭނެ ކަމަށް އައްޝެއިޚް ޝިހާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝިހާމް މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައިވަނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައި ވަނީ ތިޔަބައިމީހުން ޚަލްޤު ކުރައްވާފައި ވަނީ ކުޅޭ ކުޅިވަރެއް ކަމުގައި ނުވަތަ ބޭކާރު ގޮތެއްގައި ކަމަށް ތިޔަބައި މީހުން ހީކުރަނީހެއްޔެވެ. އަދި ތިމަން އިލާހުގެ ހަޒްރަތަށް ތިޔަބައި މީހުން ރުޖޫޢަ ނުކުރެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ.

އަދިވެސް ވިދާޅުވިއެވެ. އަޅުގަނޑުމެން އުފައްދަވާފައި ވަނީ ވަރަށް މާތް މަޤްޞަދެއްގައެވެ. އެއީ ﷲ އަށް އަޅުކަން ކުރުމެވެ. ﷲ ތަޢާލާ އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައި ވެއެވެ. ތިމަން އިލާހަށް އަޅުކަން ކުރުމަށް މެނުވީ ޖިންނީނާއި އިންސީން ނުއުފައްދަވަމެވެ. އެހެންކަމުން ރަމަޟާން މަހު ހެޔޮކަންތައް ކުރި ފަދައިން އެހެން މަސްމަހުވެސް ހެޔޮ ކަންކަން ޖެހޭނެ ކަމަށާއި ﷲ ތަޢާލާ އަމުރު ކުރައްވާފައިވާ ކަންތައްތައް ކޮށް ނަހީ ކުރެއްވި ކަންތައްތަކުން ދުރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ނިންމަވާލައްވަމުން ވިދާޅުވަނީ އެމީހަކާ އެމީހެއްގެ މަރު ބައްދަލުވާ އިރުގައި ހެޔޮ ގޮތުގައި ނުވަތަ ތަޤުވާވެރި ގޮތުގައި ހުރެ އޭނާގެ މަރު އޭނާއާއި ބައްދަލު ކޮށްފި މީހަކީ ބާއްޖަވެރި އެއް ކަމަށެވެ. ޝެއިޚްގެ ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކީ ބާއްޖަވެރިން ކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *