ދަރުސް ޚަބަރު ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ މުޞީބާތްތަކުން ސަލާމަތުވުމަށް އަޅުގަނޑުމެންނަށް ވަނީ ތައުބާވުން: ޝައިޚު އިލްޔާސް

ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ މުޞީބާތްތަކުން ސަލާމަތުވުމަށް އަޅުގަނޑުމެންނަށް ވަނީ ތައުބާވުން: ޝައިޚު އިލްޔާސް

Allah ge Hadrathun Ahna Museebaiythakun Salamaiy Vumah Alhugandumennah Vany Thaubavun: Sheikh Ilyas Hussain

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ މުޞީބާތްތަކުން ސަލާމަތުވުމަށް އަޅުގަނޑުމެންގެ މައްޗަށް ވަނީ އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުންކަމަށް ޝައިޚު އިލްޔާސް ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން ކޯވިޑް 19 އާއި ވިދިގެން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނަޞޫޙް ތައުބާއަކީ ކޮބާ؟" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި ދިންނަވާ ނަޞީބު ލިބުމަށްޓަކައި ތައުބާވުމަށް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ވަނީ ގޮވާލައްވާފައެވެ. މިގޮތުން ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައިވަނީ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾ (މާނައީ: ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.)

ނަޞޫޙް ތައުބާއަކީ ކޮބާކަން ޝަރަޙަކޮށްދެއްވަމުން ޝައިޚު ވިދާޅުވެފައިވާ ގޮތުގައި އެއީ ފާފަތައް ނުކުރުމަށް ޢަޒުމް ކަނޑައަޅާ، ކުރެވުނު ކުށަށް ހިތާމަ ކޮށް، ދުވަހަކުވެސް އެކުށަށް ނޭރުމަށް ޢަޒުމް ކަނޑައެޅުމެވެ. މިގޮތުން ނަޞޫޙް ތައުބާގެ 3 ޝަރުޠަކީ ކުރެވުނު ކުށް ދޫކޮށްލުމާއި، އެކުށާއި މެދު ހިތާމަ ފާޅު ކުރުމާއި، ދުވަހަކުވެސް އެކުށަށް ނޭރުމަށް ޢަޒުމް ކަނޑައެޅުމެވެ. އަދި މީގެ އިތުރުން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައި ވާނަމަ އެމީހެއްގެ ފަރާތުން އެޙައްޤު ކަނޑުވަން މަސައްކަތްކުރުމަކީ ނަޞޫޙް ތައުބާގެ 4 ވަނަ ޝަރުޠު ކަމުގައިވެސް ޝައިޚު ވިދާޅުވެފައިވެއެވެ.

ޝައިޚު އިތުރަށް ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން ހަނދާން ކުރަންވީ ޢަލީގެފާނުގެ ވިދާޅުވެފައިވާ މިބަސްފުޅެވެ. ما نزل بلاء من السماء إلا بذنب وما رفع بلاء إلا بتوبة. މާނައީ: ކުރެވޭ ފާފަތަކާއި ހުރެގެން މެނުވީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ހަޟްރަތުން އެއްވެސް މުޞީބަތެއް ނާދެއެވެ. އަދި ތައުބާ ވުމަކާއި ނުލާ އެއްވެސް މުޞީބަތެއް ފިލައިގެން ނުދެއެވެ.

ޓެގް

ދަރުސް ޚަބަރު ކޯވިޑް 19 ނަޞޭޙަތް ޝައިޚު އިލްޔާސް ޙުސައިން ތައުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.