ދަރުސް ޚަބަރު ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް މުޞީބާތެއް ނާންނާނެ، އަދި އެމުޞީބާތް އުފުލިގެންވެސް ނުދާނެ: ޝައިޚު ޢިއްޒައްދީން

ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް މުޞީބާތެއް ނާންނާނެ، އަދި އެމުޞީބާތް އުފުލިގެންވެސް ނުދާނެ: ޝައިޚު ޢިއްޒައްދީން

Allah ge Hadrathun Menuvy Museebaatheh Naahnaane, Adhi Ekalaange hadrathun Menuvy Museebaih ufuligen Nudhaane: Sheikh Izzadeen

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންނަށް ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް މުޞީބާތެއް ނާންނާނެކަމަށާއި، އަދި އެކަލާނގެ ޙަޟްރަތުން މެނުވީ އެމުޞީބާތް އުފުލިގެން ނުދާނެކަމަށް ޝައިޚު ޢިއްޒުއްދީން ވިދާޅުވެއްޖެއެވެ.

އައްޝައިޚު ޢިއްޒައްދީން ޢަދުނާން މިހެން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން ކޯވިޑް 19 އާއި ވިދިގެން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޙަޤީޤީ އީމާންކަމަކީ ކޮބާ؟" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ޝައިޚު ޢިއްޒައްދީން ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ އީމާންކަން އަބަދުވެސް އޮންނަންޖެހޭނީ ޔަޤީންކަމެއްގެ މަތީގައެވެ. މީގެ އިތުރުން އީމާންކަމަކީ އިންސާނާގެ ހިތުގައި ބިންވަޅު ނެގިފައިވާ އެއްޗަކަށް ވާންޖެހޭކަމާއި، އެއާއި ވިދިގެން ފަރުޟު ފަސް ނަމާދު ފަދަ ޢަމަލު ކުރަންޖެހޭ ކަމަށާއި، އަދި ދީނުގައި ވާޖިބުކުރައްވާފައިވާ ކަންކަންކޮށް، ނަހީކުރެއްވި ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝައިޚު ވިދާޅުވާ ގޮތުގައި މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ނަޞްރު ލިބޭ ހުށީ އަޅުގަނޑުމެންގެ އީމާންތެރިމަކުންނެވެ. އަދި އަޅުގަނޑުމެންގެ ހިތުގައި މާތް ﷲ އަކީ އޯގާވަންތަ ރަސްކަލާނގެކަން ހިތުގައި ބާއްވާ، އެޔަޤީންކަން އަބަދުވެސް އޮންނަން ޖެހޭނެކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.

ޓެގް

ދަރުސް ޚަބަރު ކޯވިޑް 19 ނަޞޭޙަތް އީމާންކަން ޝައިޚު ޢިއްޒައްދީން ކޯވިޑް 19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.