އަރަބިދުނިޔެ

ހުޅަނގުގެ ގުޅިފައިވާ އިއްތިހާދުން ލީބިޔާއަށް ދިން ޙަމަލާ ޢަރަބިލީގުން ކުށްވެރިކޮށްފި

ދިއިސްލާމް ޑެއިލީ

ޢަރަބިލީގުގެ ތާއީދާއެކު ލީބިޔާގެ މަތިން އުދުހުންމަނާ ސަރަހައްދު އދ. އިން ކަނޑައެޅިތާ ހަފްތާއެއް ފަހުން ހުޅަނގުގެ ގުޅިފައިވާ އިއްތިހާދުން ލީބިޔާއަށް ރޭގެ ވަގުތެއްގައި ދިން މިޙަމަލާ  ޢަރަބި ލީގުންކުށްވެރިކޮށްފައިވަނީ އެހަމަލާގައި ލީބިޔާގެ އާންމުންގެ އެތައްބަޔަކުވެސް މަރުވެފައިވާތީއެވެ.

ޢަރަބި ލީގުގެ ސެކްރެޓްރީ ޖެނެރަލް ޢަމްރުމޫސާ މިއަދު ނޫސްވެރިނަށް މަޢުލާތުދެއްވަމުން ވިދަޅުވެފައިވަނީ ހުޅަގުން ޢަސްކަރީ ޙަރަކާތް މިހާރު ފުޅާކުރަމުން އެގެންދަނީ ޢަރަބިން ބޭނުންވި މިންވަރަށް ވުރެ ބޮޑަށްކަމަށެވެ.

އަދި އުދުހުން މަނާ ސަރަޙައްދު ކަނޑައެޅުމުގެ މަގްސަދަކީ ލީބިޔާގެ އާންމުން ރައްކާތެރިކުރުންކަމަށާ އަދި އަދި އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިކުރުންނޫންކަމަށެވެ.

ޔޫރަޕާއި އެމެރިކާގެ އަސްކަރީ ބާރުތަކުން ބުނެފައިވަނީ ރޭދެވުނު ހަމަލާތައް އަމާޒުކޮށްފައިވަނީ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަށް ވާގިވެރި ސިފައިންގެ މަރުކަޒުތަކަށް ކަމަށެވެ. ނަމަވެސް ލީބިޔާ ސަރުކާރުން ޚަބަރުލިބޭގޮތުގައި މި ޙަމަލާ ތަކުގައި 48 މީހަކު މަރުވިއިރު އޭގެތެރޭގައި އާންމުންވެސް ހިމެނޭކަމަށެވެ. –--އެސޯސިއޭޓެޑް ޕްރެސް

ގުޅުންހުރި

1 ޚިޔާލު

  1. ހުޅަނގުގެ ކަންތައް ޖެހެނީ..

Your email address will not be published. Required fields are marked *